އީޕީއޭ

ރުއްޖެހެރަ ޕިކްނިކް ޒޯން ހަދާގޮތުން އީޕީއޭ ކަންބޮޑުވެއްޖެ

އައްޑޫ ސިޓީ ހިތަދޫ ކުނިކޮށި ދެކުނުން އޮތް ސަރަހައްދު --
0%
0%
0%

އައްޑޫ ސިޓީ ހިތަދޫ ކުނިކޮށި ދެކުނުން އޮތް ސަރަހައްދުގެ އެއްގަމާއި މޫދު ކޮނެ ހޭޅިފަށުން ގަސްތައް ނަގާ އެ ހިސާބުގެ އާނުގަނޑު ނަގައި ހަލާކުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެންވަޔަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އެ މައުލޫމާތާއެކު އެކަން ހިނގާފައިވާ ގޮތް އެންގުމަށް އެދި އީޕީއޭ އިން މިހާރު ވަނީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރަށް ސިޓީއެއް ފޮނުވާފައެވެ.

ހިތަދޫ ކުނިކޮށި ދެކުނުން އޮތް ސަރަހައްދު ރުއްޖެހެރެ ޕިކްނިކް ޒޯނުގެ ގޮތުގައި ދަނީ ތަރައްގީ ކުރަމުންނެވެ. މި މަސައްކަތް ކުރިޔަށް ގެންދަނީ އައްޑޫ ސިޓީ ކައުންސިލް އާއި އައްޑޫ ފްރެންޑްސް އަދި ބީޓެކް ގުޅިގެން ކަމަށް އެ ކައުންސިލުން ބުންޏެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ސޮއިކުރައްވާ މޭޔަރު އަލީ ނިޒާރަށް ފޮނުވާފައިވާ ސިޓީގައި ވަނީ އައްޑޫ ސިޓީ ހިތަދޫ ކުނިކޮށި ދެކުނުން އޮތް ސަރަހައްދުގެ އެއްގަމާއި މޫދު ކޮނެ ހޭޅިފަށުން ގަސްތައް ނަގާ އެ ހިސާބުގެ އާނުގަނޑު ނަގައި ހަލާކުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެން ކަމުން އެ މަސައްކަތް ހިނގާފައިވާ ގޮތުގެ އެންމެހާ ތަފްސީލު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

އެގޮތުން މަސައްކަތްތަކުގެ ތަފްސީލާއި ބޭނުން އަދި މަސައްކަތް ކޮށްފައިވާ ތާރީހާއި މަސައްކަތުގައި އިސްކޮށް އުޅުނު މީހުންގެ ތަފްސީލް ދޭންވެސް ވަނީ އަންގާފައެވެ. އެ ގޮތުން އެ މައުލޫމާތު މި މަހުގެ 27 ވަނަ ދުވަހުގެ 12 ޖެހުމުގެ ކުރީން ފޮނުވަން ވަނީ އަންގާފައެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910