އައްޑޫ ސިޓީ

އައްޑޫން ރުއްގަސް ނަގަން ހުއްދަ ދިނީ، އަލުން އިންދާ ގޮތަށް

ސިޓީ ސްކެއާ ޕާކް-- ޕާކު ތަރައްގީ ކުރުމަށް ރުށްގަސް ނެގުމުގެ ހުއްދަ ދީފައިވަނީ އަލުން އެރުށްގަސް އިންދާ ގޮތަށް --
0%
0%
0%

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ސްކެއާ ޕާކް ތަރައްގީ ކުރުމަށް އެތަނުގައި ހުރި ރުށްގަސް ނެގުމުގެ ހުއްދަ ދިނީ އެހެން ތަނެއްގައި އެ ރުށްގަސްތަށް އިންދާ ގޮތަށް ޝަރުތުކޮށްފައި ކަމަށް އެންވަޔަރުމެންޓް ޕްރެޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

ސިޓީ ސްކެއާ ޕާކް ތަރައްގީކުރުމަށް އެތަނުގައި ހުރި ގިނަ ދުވަސްވީ ރުއްގަސް ނެގުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ނުރުހުން ފައުޅުކޮށް އައްޑޫ ސިޓީ ކައުންސިލަށް ފާޑުކިއުން އަމާޒު ކޮށްފަ އެވެ. މިކަމާއި ގުޅިގެން މިއަދު އީޕީއޭ އިން ބުނީ، ސްކޭއާ ޕާކު ތަރައްގީ ކުރުމުގެ ގޮތުން އެތަނުން ނަގައިފައިވާ ރުށްތަށް އައްޑޫ ސިޓީގެ އެހެން ސަރަހައްދެއްގައި އިންދާތޯ ބަލާނެ ކަމަށެވެ.

ކައުންސިލުން މިރުއްތައް ކަނޑާފައިވަނީ އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައޭ) ހެދުމަށްފަހު އެވެ. ނަގއިފައިވާ ރުށްތަށް އިންދާނެ ކޮންތަނެއްގައި ކަމެއް އީޕީއޭ އަދި އައްޑޫ ސިޓީ ކައުންސިލުން ވެސް ބުނެފަ އެއްނުވެ އެވެ.

ސިޓީ ސްކެއާ ތަރައްގީ ކުރުމަށް ސަރުކާރުން 3.2 މިލިއަން ރުފިޔާ ވަނީ އައްޑޫ ކައުންސިލާއި ހަވާލުކޮށްފަ އެވެ. އައްޑުގެ ސިޓީ ސްކެއާ ޕާކް ތަރައްގީ ކުރަނީ ބެންޗުތަކާއި، ހެމޮކް ސްވިންގާއި ހެމޮކް ބެޑް ފަދަ ތަކެތި ޕާކުގައި ހިމަނާ ގޮތަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910