ރައްޔިތުންގެ މަޖިލިސް

ޖާބިރުގެ ނަން އިއްވާ މަޖިލީހުން ބޭރުކޮށްފި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނެރެފި އެވެ.

މެންބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވާ މަޖިލީހުގެ ޗެމްބަރުން ނެރުނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު އަޑުގަދަ ކުރައްވަން ފެއްޓެވުމުންނެވެ.

ޖާބިރު އަޑުގަދަ ކުރައްވަން ފެއްޓެވުމާއެކު، މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖާބިރުގެ ނަން އިއްވަވާފަ އެވެ. އަދި މަޖިލީހުގެ ޗެމްބަރު ދޫކުރައްވާ ވަޑައިގަތުމަށް ޖާބިރުއަށް އެންގެވި އެވެ.

މަޖިލީހުގެ ޗެމްބަރުން ޖާބިރު ނިކުމެވަޑައިގަންނަވަންދެން މަޖިލިސް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލި އެވެ.

މަޖިލިސް އަލުން ކުރިއަށް ގެންދިޔައީ ޖާބިރު މަޖިލީހުގެ ޗެމްބަރު ދޫކޮށް ވަޑައިގަތުމުންނެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޤޢޢ

ބައެއް މެމްބަރުން އެފެންނަނީ ނިދާފައި.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345