ރައްޔިތުންގެ މަޖިލިސް

މަސްވެރިންނަށް އިހުމާލުވާ މައްސަލަ މަޖިލީހަށް

މަސްވެރިންނަށް އިހުމާލުވަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މައްސަލައެއް ހުށަހަޅައިިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އެވެ. އަދި އެ މައްސަލަ ބަލައިގަންނަށް 23 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަކަަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

މައްސަލަ ހުށަހަޅުއްވަމުން ފިރުޝާން ވިދާޅުވީ އެމްޑީޕިގެ ރިޔާސީ މެނިފެސްޓޯގައި ހިމެނި އެންމެ ބޮޑު އެއް ވައުުދުތަކުގެ ތެރޭގައި މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށްވީ ވައުދު ހިމެނޭ ކަމަށާއ އެެހެން ނަމަވެސް އެ ވައުދު ފުއްދަން އެއްވެސް މަސައްކަތެއް ނުކުރާތީ ލިބޭ ޝަކުވާ ވަރަށް ބޮޑު ކަަމަށެވެ.

އެގޮތުން ތެލުގެ އަގު ބޮޑުވަމުންދާ އިރު މަހުގެ އަގު ނޫފުލުމުގެ ސަބަބުން ތެލަށް ލާރިކޮޅު ދައްކައި އެވްރެޖްކޮށް މަސްވެރިންނަށް ބަހާނެ ފައިސާއެއް ނެެތި ރެއާއި ދުވާލުކުރާ މަސައްކަތް ބޭކާރު ވެގެންދާކަމުގެ ކަންބޮޑުވުން މަސްވެރިންގެ ފަރާތުން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެކަށީގެންވާ ވަރަށް މަސްކިރާބޯޓުތައް ނެތުމާއި ފެސިލިޓީތައް ނެތްކަން ވެސް ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ މެނިފެސްޓޯއާ އެއްގޮތަށް މަސްވެރިކަމުގެ ވުއުދު ފުއްދަން 2019 ވަނަ އަހަރު މަސްވެރިންގެ ގާނޫނު ފާސްކުރި ނަމަވެސް އެ ގަނާުނު ތަންފީޒުކުރުމަށް ސަރުކާރުން ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށެވެ.

"މަސްވެރިކަމުގެ ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް ހަދައި ތަންފީޒުކުރަން ސަރުކާރުން ފަސްޖެހޭކަން ފާހަގަކޮށްލަން. މަސް ޕްރޮސެސްކުރާ ތަންތަނާއި ގޭދޮށޮ މަސް ފެކްޓްރީތަކާއި އައިސް ޕްލާންޓްތައް އެޅުމަށާއި އެކަމުގައި އަމަލުކުރަންވީ ގޮތް މަސްވެރިކަމުގެ ގާނޫނުގައ ތަފްސީލުކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް އެ މަގަށް ޖާގަ ފަހިކޮށް ނުދީ އޮތުމަކީ ކަންބޮޑުވުމެއް. އެކަން އެގޮތަށް ހިނގަނީ މަސް ފެކްޓްރީތައް ހިންގުމުގައި އުޅޭ ސަރުކާރާ ގުޅުން ހުރި ބޮޑެތި ވިޔަފާރިވެރިންގެ ނުފޫޒާއި ބާރުންކަން ފާހަގަކޮށްލަން" ފިރުޝާން ވިދާޅުވި އެވެ.