ފޮރިން އިންވެސްޓްމެންޓް

އެންމެ ބޮޑު އަގު އެނބުލުފުއްޓަށް، ރަށްތަކަށް ތަރުހީބު ބޮޑު

ރިސޯޓު ހަދަން ހުޅުވާލި ރަށްތަކަށް ބިޑް ހުށަހެޅުމުގެ މުއްދަތު ހަމަވީއިރު އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ ފ. އެނބުލުފުއްޓަށެވެ. މި ރަށަށް ބޮޑު އަގު ޖަހާފައިވަނީ ދިވެހި ކުންފުންޏަކުންނެވެ.

އެނގިފައިވާ ގޮތުގައި ބިޑަށް ހުޅުވާލީ 18 ރަށަށް، ނުވަ ބިޑް ލިބި 18 ފަރާތަކުން ވަނީ ކުރިމަތިލާފަ އެވެ،

މިގޮތުން އެންމެ ބޮޑު އަގެއް ޖަހާފައިވަނީ މި ފަހަރު ބިޑަށް ހުށަހެޅި ރަށްތަކުގެ ތެރެއިން ފ. އެނބުލުފުއްޓަށެވެ. މި ރަށްތަކަށް ގިނައިން ކުރިމަތިލާފައިވަނީ ދިވެހި ކުންފުނިތަކުންނެވެ. މި ރަށްތަކުގެ ތެރެއިން ދެ ރަށަކަށް ބޭރުގެ ކުންފުންޏަކުން ވަނީ ބިޑް ކޮށްފަ އެވެ.

ރަށްތަކަށް ބިޑް ކުރި އަދަދު

  • ހއ. އަށް ދެ ކުންފުނި
  • މ. އަށް އެއް ކުންފުނި
  • ފ. އަށް ދެ ކުންފުނި
  • ތ. އަށް އެއް ކުންފުނި
  • ގއ. އަށް ދެ ކުންފުނި

ބިޑަށް ހުޅުވާލި 18 ރަށުގެ އަގުތައް

  • ހއ. މެދަފުށި - 10.90 ހެކްޓަރު (875،000 ޑޮލަރު)
  • ހއ. އަލިދުއްފަރުފިނޮޅު - ތިން ހެކްޓަރު (350،000 ޑޮލަރު)
  • ހދ. ކުޑަފަރުފަސްގަނޑު - 1.20 ހެކްޓަރު (200،000 ޑޮލަރު)
  • ށ. ކުޑަޅައިމެންދޫ - 14.70 ހެކްޓަރު (1 މިލިއަން ޑޮލަރު)
  • ރ. އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރު - 20 ހެކްޓަރު (250،000 ޑޮލަރު)
  • މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު - 4.28 ހެކްޓަރު (875،000 ޑޮލަރު)
  • މ. މާއުސްފުށި - 10.40 ހެކްޓަރު (1.5 މިލިއަން ޑޮލަރު)
  • ފ. އެނބުލުފުށި - 1.00 ހެކްޓަރު (350،000 ޑޮލަރު)
  • ފ. ޖިންނަތުގައު - 0.89 ހެކްޓަރު (350،000 ޑޮލަރު)
  • ތ. ކާއްޑޫ - 3.9 ހެކްޓަރު (700،000 ޑޮލަރު)
  • ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު - 3.54 ހެކްޓަރު (700،000 ޑޮލަރު)
  • ލ. ކަށިދޫ - 3.1 ހެކްޓަރު (700،000 ޑޮލަރު)
  • ލ. ބޮޑުމުންޏަފުށި - 3 ހެކްޓަރު(700،000 ޑޮލަރު)
  • ލ. ދޮންބެރެހާ އަދި ހޮޅަރެހާ - 4.44 ހެކްޓަރު (500،000 ޑޮލަރު)
  • ގއ. މާރެހާ - 17 ހެކްޓަރު (1.4 މިލިއަން ޑޮލަރު)
  • ގއ. ފުނަދޫވިލިގިއްލާ - 5 ހެކްޓަރު (700،000 ޑޮލަރު)
  • ގދ. ކަނޑަހަލަގަލާ - 7.4 ހެކްޓަރު (875،000 ޑޮލަރު)
  • ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ - 9.26 ހެކްޓަރު (700،000 ޑޮލަރު)

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުން މި ރަށްތައް ތިން އަހަރު ތެރޭގައި ހަދައި ހުޅުވަން ޖެހެ އެވެ. މި ފަހަރު އިއުލާނުކުރި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އަގު ނުވަތަ އެކުއެޒިޝަން ކޮސްޓް ޖަހާފައިވަނީ 10.40 ހެކްޓަރު ހުންނަ މ. މާއުސްފުށި އެވެ. އެ ރަށުގެ އަގަކީ 1.5 މިލިއަން ޑޮލަރެވެ. ދެން އެންމެ މަތީ އަގެއް ޖަހާފައިވަނީ 17 ހެކްޓަރު ހުންނަ ގއ. މާރެހާ އެވެ. އެ ރަށަށް 1.4 މިލިއަން ޑޮލަރުގެ އަގެއް ޖަހާފައިވެ އެވެ. މީގެ އިތުރުން ދެން އޮތީ 14.70 ހެކްޓަރުގެ ށ. ކުޑަޅައިމެންދޫ އެވެ. އެ ރަށުގެ އަގަކީ އެއް މިލިއަން ޑޮލަރެވެ.