ފޮރިން އިންވެސްޓްމެންޓް

ނާޝިޒް ކުންފުނިން ވެލިފިނޮޅުގެ އެކުއެޒިޝަން ފީ ދައްކައިފި

Dec 1, 2021
4

މި ސަރުކާރުން ރިސޯޓު ހަދަން ނެރުނު ވެލިފިނޮޅު ކާމިޔާބުކުރި ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒުގެ ހިއްސާ އޮންނަ ކުންފުނިން އެ ރަށުގެ އެކުއެޒިޝަން ފީ ދައްކައި، ސޮއި ކުރުމުގެ މަރުހަލާ ފަށައިފި އެވެ.

މި ސަރުކާރުން ރިސޯޓު ހަދަން 16 ރަށް ނެރެ، ރަށްތަކުގެ އަގު ދަށް ކުރުމަށް ފަހު އެކި މަރުހަލާތައް ފުރިހަމަކޮށް ރިސޯޓު ހަދަން ހަވާލު ކުރެވޭވަރުވީ އެންމެ ރަށެކެވެ. އެ ރަަށަކީ ބޮޑު މިނުގައި 4.1 ކިލޯ މީޓަރު ހުންނަ ހއ. ވެލިފިނޮޅެވެ. އެ ރަަށުގެ ބިޑް ކާމިޔާބު ކޮށްފައި ވަނީ ނާޝިޒް ހިމެނޭ ޕާލް ސޭންޑްސް ކުންފުނިންނެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ފިރިކަލުން ނާޝިޒުގެ ކުންފުނިން ކުރީގެ އަގުންނަމަ 600،000 ޑޮލަރު (9.2 މިލިއަން ޑޮލަރު) ދައްކަން ޖެހުނު ނަމަވެސް ރަށްތަކުގެ އަގު 30 ޕަސެންޓް ހެޔޮ ކުރުމުން ދައްކަން ޖެހޭނީ 420،000 ޑޮލަރު (6.4 މިލިއަން ރުފިޔާ) އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ރިސޯޓުގެ އެކުއެޒިޝަން ފީގެ އިތުރުން ޓްރޭނިން ފަންޑަށް ދައްކާ 50 ޕަސެންޓުގެ ފައިސާ ވެސް އެ ކުންފުނިން ދައްކާފައިވާ ކަމަށެވެ. މި އަދަދު ދެއްކުމާއެކު އެ ކުންފުނިން ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށް އެންވަޔަރުމަންޓް އެސެސްމަންޓް (އީއައިއޭ) ހަދަން ފުރުސަތު ލިބޭނެ އެވެ.

ސަރުކާރުން 16 ރަށުގައި ރިސޯޓު ހަދަން ނެރެ އެ ރަށްތަކަށް ޝައުގުވެރިވާނެ ފަރާތެއް ނެތުމުން "ފެއިލް" ވެފައި ވަނިކޮށް މިހާރު ދުބާއީ ކުރިއަށްދާ އެކްސްޕޯ 2020 ގައި ވަނީ އިތުރު 18 ރަށެއްގައި ރިސޯޓު ހަދަން ހުޅުވާލާފަ އެވެ.