ދުބާއީ އެކްސްޕޯގައި ރިސޯޓު ހަދަން އިއުލާނުކުރި 18 ރަށް މިއަދު ބީލަމަށް ހުޅުވާލިއިރު ހުރީ ވަރަށް ކުޑަ އަގުތަކެގައެވެ.
މިދިޔަ އަހަރު އޮކްޓޫބަރު މަހު ދުބާއީގައި އޮތް ރާއްޖޭގެ އިންވެސްޓްމަންޓް ކޮންފަރެންސުގައި މި 18 ރަށް ދުރާލާ އިއުލާނު ކުރީ މި ރަށްތަކަށް ޝައުގުވެރިކަން އިތުރު ކުރުމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ މި ރަށްތަކުގެ ބިޑް ފޮތްތައް ވިއްކަން ފަށާފަ އެވެ.
އަލަށް ނެރޭ 18 އަށާއި އަގު
- ހއ. މެދަފުށި - 10.90 ހެކްޓަރު (875،000 ޑޮލަރު)
- ހއ. އަލިދުއްފަރުފިނޮޅު - ތިން ހެކްޓަރު (350،000 ޑޮލަރު)
- ހދ. ކުޑަފަރުފަސްގަނޑު - 1.20 ހެކްޓަރު (200،000 ޑޮލަރު)
- ށ. ކުޑަޅައިމެންދޫ - 14.70 ހެކްޓަރު (1 މިލިއަން ޑޮލަރު)
- ރ. އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރު - 20 ހެކްޓަރު (250،000 ޑޮލަރު)
- މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު - 4.28 ހެކްޓަރު (875،000 ޑޮލަރު)
- މ. މާއުސްފުށި - 10.40 ހެކްޓަރު (1.5 މިލިއަން ޑޮލަރު)
- ފ. އެނބުލުފުށި - 1.00 ހެކްޓަރު (350،000 ޑޮލަރު)
- ފ. ޖިންނަތުގައު - 0.89 ހެކްޓަރު (350،000 ޑޮލަރު)
- ތ. ކާއްޑޫ - 3.9 ހެކްޓަރު (700،000 ޑޮލަރު)
- ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު - 3.54 ހެކްޓަރު (700،000 ޑޮލަރު)
- ލ. ކަށިދޫ - 3.1 ހެކްޓަރު (700،000 ޑޮލަރު)
- ލ. ބޮޑުމުންޏަފުށި - 3 ހެކްޓަރު(700،000 ޑޮލަރު)
- ލ. ދޮންބެރެހާ އަދި ހޮޅަރެހާ - 4.44 ހެކްޓަރު (500،000 ޑޮލަރު)
- ގއ. މާރެހާ - 17 ހެކްޓަރު (1.4 މިލިއަން ޑޮލަރު)
- ގއ. ފުނަދޫވިލިގިއްލާ - 5 ހެކްޓަރު (700،000 ޑޮލަރު)
- ގދ. ކަނޑަހަލަގަލާ - 7.4 ހެކްޓަރު (875،000 ޑޮލަރު)
- ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ - 9.26 ހެކްޓަރު (700،000 ޑޮލަރު)
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުން މި ރަށްތައް ތިން އަހަރު ތެރޭގައި ހަދައި ހުޅުވަން ޖެހެ އެވެ. މި ފަހަރު އިއުލާނުކުރި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އަގު ނުވަތަ އެކުއެޒިޝަން ކޮސްޓް ޖަހާފައިވަނީ 10.40 ހެކްޓަރު ހުންނަ މ. މާއުސްފުށި އެވެ. އެ ރިސޯޓުގެ އަގަކީ 1.5 މިލިއަން ޑޮލަރެވެ. ދެން އެންމެ މަތީ އަގެއް ޖަހާފައިވަނީ 17 ހެކްޓަރު ހުންނަ ގއ. މާރެހާ އެވެ. އެ ރަށަށް 1.4 މިލިއަން ޑޮލަރުގެ އަގެއް ޖަހާފައިވެ އެވެ. މީގެ އިތުރުން ދެން އޮތީ 14.70 ހެކްޓަރުގެ ށ. ކުޑަޅައިމެންދޫ އެވެ. އެ ރަށުގެ އަގަކީ އެއް މިލިއަން ޑޮލަރެވެ.
އެންމެ ކުޑަ އަގުގައި އުޅެނީ ރ. އެއްތިގިލި އާއި ފ. އެނބުލުފުށްޓާއި ފ. ޖިންނަތު ގައު އެވެ. މި ރަށްތަކުގެ އަގު އުޅެނީ ގާތްގަނޑަކަށް ތިން ލައްކަ ޑޮލަރު ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާގަ އެވެ.
ތަރައްގީ ކުރާ އެނދުގެ އަދަދު
- ހއ. އަލިދުއްފަރުފިނޮޅު - 230 އެނދު
- ހއ. މެދަފުށި - 320 އެނދު
- ހދ. ކުޑަފަރުފަސްގަނޑު - 230 އެނދު
- ށ. ކުޑަޅައިމެންދޫ - 430 އެނދު
- ރ. އެއްތިގިލި އަދި އަލިފުށި ފަޅުން - 290 އެނދު
- މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު - 230 އެނދު
- މ. މާއުސްފުށި - 290 އެނދު
- ފ. އެނބުލުފުށި - 230 އެނދު
- ފ. ޖިންނަތުގައު - 230 އެނދު
- ތ. ކާއްޑޫ - 230 އެނދު
- ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު - 230 އެނދު
- ލ. ކަށިދޫ - 230 އެނދު
- ލ. ބޮޑުމުންޏަފުށި - 230 އެނދު
- ލ. ދޮންބެރެހާ އަދި ހޮޅަރެހާ - 230 އެނދު
- ގއ. މާރެހާ - 490 އެނދު
- ގއ. ފުނަދޫވިލިގިއްލާ - 150 އެނދު
- ގދ. ކަނޑަހަލަގަލާ - 210 އެނދު
- ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ އާއި އިތުރު ރަށެއް - 290 އެނދު
މި ރަށްތަކުގެ ތެރެއިން އެންމެ ގިނައިން އެނދު ތަރައްގީ ކުރަން ނިންމާފައިވަނީ ގއ. މާރެހާ 490 އެނދާއި ށ. ކުޑަޅައިމެންދޫގައި 430 އެނދެވެ.
ސަރުކާރުން ވަނީ މީގެ ކުރިން ވެސް ރިސޯޓު ހަދަން ރަށްތަކެއް ހުޅުވާލާފަ އެވެ. ނަމަވެސް އެ ފަހަރު އެކަށީގެންވާ ތަރުހީބެއް ލިބިފައެއް ނުވެ އެވެ. މި ރަށްތަކުގެ ތެރެއިން އެވޯޑު ކުރެވޭ ވަރުވީ އެންމެ ރަށެކެވެ. އެ ރަށް ލިބުނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ފިރިކަލުން އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ގެ ހިއްސާ އޮންނަ ކުންފުންޏަކަށެވެ.
އަލަށް ރިސޯޓު ހަދަން ރަށްތަކެއް ނެރުނުއިރު 118 ރަށެއް ރިސޯޓު ހަދަން ދޫކޮށް ނުހެދި] (https://avas.mv/109936) ވެއެވެ. މީގެ ތެރޭގައި [23 ފަޅެއް ވެސް ހިމެނެ އެވެ.