ޖޭއެސްސީ

ގާޒީ ހަސަން ފަހީމްގެ ސުލޫކީ މައްސަލައެއް ބަލަނީ

Mar 23, 2022

ސިވިލް ކޯޓްގެ ގާޒީ ހަސަން ފަހީމް އިބްރާހީމްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އާއި މައްސަލަތައް ބެލުމުގައި ދޭންޖެހޭ ސަމާލުކަން ނުދީ ފަރުވާކުޑަކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ކޮމިޝަނުގެ މިއަހަރުގެ 18 ވަނަ ޖަލްސާއިން ނިންމައި ސިވިލް ކޯޓްގެ ގާޒީ ހަސަން ފަހީމް އިބްރާހީމްގެ ސުލޫކީ މައްސަލަ ބަލަން ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ބުންޏެވެ.