ސްޓެލްކޯ

ހެންވޭރާއި ގަލޮޅުގެ ބައެއް ގެތަކުން ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

Mar 24, 2022

މާލޭގެ ހެންވޭރާއި ގަލޮޅު އަވަށުގެ ބައެއް ގެތަކުން މިއަދު ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މިއަދު މެންދުރުފަހު 2:00 އިން 3:30 އަށް ކަރަންޓް ކެނޑިދާނެ ކަމަށެވެ.

ކަރަންޓް ކެނޑޭނީ ހެންވޭރާއި، ގަލޮޅު އަވަށުގެ ކަށިމާ ހިނގުމާއި، ބުރުޒުމަގާއި، ލޮނުޒިޔާރަތްމަގުގެ އިތުރުން މޫނިމާހިނގުމާއި، އިރުދޭމާ ހިނގުމާއި، ދޮންއަދަރާދަ ހިނގުން ހިމެނޭ ސަރަހައްދުންނެވެ.

ކަރަންޓް ކެނޑޭ ވަގުތު ކަސްޓަމަރުންނަށް ކުރިމަތިވާ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފަ އެވެ.

މާލެ ސަރަހައްދުގެ ކަރަންޓްގެ ހިދުމަތް ރަނގަޅުކުުރުމަށް ސްޓެލްކޯ އިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ވަނީ މާލެ ސަރަހައްދުގެ ކަރަންޓް، އެއް ވިއުގައަކުން ގުޅާލައި ހިދުމަތް ދޭން ފަށާފަ އެވެ.