ދުނިޔެ

ނޭޓޯ ސެކްރެޓަރީ ޖެނެރް ސްޓޮލްޓަންބާގްއަށް އިތުރު އެއްއަހަރު

ނޭޓޯއިން އެޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓަންބާގް މަގާމުގައި ދެމިހުންނެވުމަށް އިތުރު އެއްއަހަރު ދެއްވައިފި އެވެ.

ނޭޓޯ ގައުމުތަކުން ބުނީ ދުނިޔޭގެ މަޝްރަހު މިހާރު އޮތް ގޮތުން ސްޓޮލްޓަންބާގް މަގާމުގައި ދެމިހުންނެވުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

ރަޝިއާއިން ޔުކްރޭނާ ހަނގުރާމަ ކުރަމުން ގެންދާއިރު އަދި އެކަމުގައި ނޭޓޯގެ ދައުރު އެހާބޮޑުއިރު ސެކްރެޓަރީ ޖެނެރަލް ބަދަލުކުރުމަކީ ރޭވުންތައް ބޮއްސުން ހިގައިދާނެ ކަމެއް ކަމަށެވެ.

ނޭޓޯ ގައިވަދު ބުނާ ގޮތުން ސެކެރެޓަރީ ޖެނެރަލްގެ މަގާމުގެ މުއްދަތަކީ ހަތަރު އަހަރެވެ. އެހެން ނަމަވެސް، މެމްބަރު ގައުމުތަކަށް ފެނިއްޖެ ނަމަ މަގާމުގެ މުއްދަތު އިތުރު ކުރެވެ އެވެ.

ޔެންސް ސްޓޮލްޓަންބާގް މަގާމާ ހަވާލުވެ ވަޑައިގަތީ އޮކްޓޯބަރު 1، 2014 ގަ އެވެ. އެހެން ނަމަވެސް، މެމްބަރު ގައުމުތަކުން ވަނީ މަގާމުގެ މުއްދަތު ސެޕްޓެމްބަރު 30، 2022 އަށް އިތުރުކޮށް ދެއްވާފަ އެވެ.

މެމްބަރު ގައުމުތަކުން ބުނީ ރަޝިއާ-ޔުކްރޭން ހަނގުރާމައިގެ ސަބަބުން ސްޓޮލްޓަންބާގްއަށް އިތުރު އެއްއަހަރު ދެއްވީ ކަމަށެވެ.

ޔެންސް ސްޓޮލްޓަންބާގް 62، އަށް ނޭޓޯ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ވަޑައި ގަތުމުގެ ކުރިން ނޯވޭގެ ބޮޑުވަޒީރުކަން ދެދައުރު އަދާކުރެއްވި އެވެ. އަދި ނޯވޭގެ ފިނޭންސް މިނިސްޓަރުގެ މަގާމު ވެސް ފުރިހަމަ ކުރެއްވި އެވެ.

ސްޓޮލްޓަންބާގް ނޭޓޯއިން ވަކިވެ ވަޑައިގަންނަވާ ވަގުތާ ދިމާކޮށް ނޯވޭ މަރުކަޒީ ބޭނުންކުން ވެސް ވަނީ ފުރުސަތު ދެއްވާފަ އެވެ.

ނޯވޭ މަރުކަޒީ ބޭނުންކުން ބުނީ ގަވަރުނަރުގެ މަގާމުގައި މިއަހަރު ހުސްވާއިރު އެމަގާމަށް އެދި ފޮނުވި ހުށަހެޅުންތަކުން ސްޓޮލްޓަންބާގް ހޮވުނީ ކަމަށެވެ. އަދި މިއަހަރު ނޭޓޯގެ މުއްދަތު ހަމަވަންދެއް އޭނާއަށް މަގާމު ބާއްވާނެ ކަމަށެވެ.

ނޭޓޯއިން ސެކްރެޓަރީ ޖެނެރަލަށް އިތުރު އެއްއަހަރު ދެއްވުމުން ނޯވޭ މަރުކަޒީ ބޭނުންކުގެ ގަވަރުނަރުގެ މަގާމަށް ވާނެ ގޮތެއް އަދި ނޭނގެ އެވެ.