ޖަމައިކާ އަކީ މިނިވަން ގައުމެއް ގޮތުގައި ދެމިއޮތުމަށް އެދިވަޑައި ގަންނަވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު އެންށްރޫ ހޯނެސް ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ވަލީއަހުދު ވިލިއަމްއާ ބައްދަލު ކުރައްވައި އެންޑްރޫ ހޯނެސް ވިދާޅުވީ ޖަމައިކާ ރައްޔިތުން މިނިވަންވާން ބޭނުންވާ ކަމަށާއި ޖައިމާކާގެ މައްޗަށް އިނގިރޭސި ރަސްކަމުން ގެންގުޅުއްވާ ބާރާއި ނުފޫޒުން ދޫކޮށް ދެއްވުމަށް އެދިވަޑައި ގަންނަވާ ކަމަށެވެ.
ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން މިހާރު އުޅުއްވަނީ ކެރީބިއަންއަށް ކުރައްވާ ދަތުރެއްގައި، ޗުއްޓީގަ އެވެ. ކެރީބިއަންގެ ގިނަ ގައުމުތަކުގައި އިނގިރޭސިން ގޮށްމުށުން ވަނީ ރަސްކަން ކޮށްފަ އެވެ.
ބާބަޑޮސް އަކީ ވެސް މިދާކަށް ދުވަހާ ޖެހެންދެން އިނގިރޭސި ކޮއިލު ތެރެއަށް އޮޅާލާފައި އޮތް ގައުމެކެވެ. އެހެން ނަމަވެސް މިހާރު ވަނީ ޖުމްހޫރިއްޔާއަކަށް ބަދަލުވެ އިނގިރޭސި ރާނީގެ ކިބައިން ދައުލަތް ސަލާމަތް ކޮށްފަ އެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އިނގިރޭސި އަޅުވެތި ކަމުގައި އޮންނަން ހަދައިގެން ކުރަން ދަތި ކިތަންމެއް ކަމެއް އެބަ ހުއްޓެވެ. އޭނާ ވިދާޅުވީ އިގުތިސޯދީ ގޮތުން ޖަމައިކާ ތަރައްގީ ވަމުން އަންނަ ކަމަށާއި މިނިވަން ކަމުގައި މާބާރަށް ތަރައްގީ ކުރެވޭނެ ކަމަށެވެ.
ޕްރިންސް ވިލިއަމް މިކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އެހެން ނަމަވެސް ނިމިވަން ގައުމެއް ގޮތުގައި ޖަމައިކާ ދެމިއޮތުމަށް މަސައްކަތް ކުރާކަށް އެނގިވަޑާއި ގަންނަވާ ކަމަށް ވިދާވު ނުވި ނަމަވެސް ރުހުމުގެ ގޮތުން ބޯޖަހާލެއްވި އެވެ.
އިނގިރޭސިވިލާތަކީ ދުނިޔޭގެ ގައުމުތަކުގެ މައްޗަށް އަނިޔާވެރި ގައުމެކެވެ. އެފްރީ ގައުމުތަކުން "ހިއުމަން ކާގޯ" ގެ ގޮތުން އިންސާނުން އުފުލައި ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ވަޒަންވެރިކޮށް އިންސާނީ ވަގުފާރި ކުރުމުގައި އަރާ އޮތް ގައުމެކެވެ.
އެެހެން ނަމަވެސް، ޒަމާނަށް އަންނަ ބަދަލުތަކާއެކު ގައުމުތަކަށް ހޭޖެހި އިނގިރޭސިން މިކުރާ ކަންތައްތައް އެނގެން ފެށުމުން އިނގިރޭސިވިލާތަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.
އިނގިރޭސިވިލާތުގެ ވިސްނުން ހުންނަނީ ނުރުހޭ ބަޔަކަށް ދަތިކޮށް އުލުބޭންދުމެވެ. އެނޫން ގޮތެއްގައި ކުޑަކަކޫ މަތީގައި ބޭތިއްބުމެވެ.