އިނގިރޭސިވިލާތް

ބޮޑުވަޒީރު ކަމަށް ވާދައެއް ނުކުރާނަން: ސާޖިދު ޖާވިދު

އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވަޑައިގެން އިނގިރޭސި ބޮޑުވަޒީރުގެ މަގާމަށް ކުރިމަތި ލެއްވުމަށް ފަހު ސާޖިދު ޖާވިދުގެ ނަން އަނބުރާ ނަންގަވައިފި އެވެ.

އެކަމާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ނުދެއްކެވި ނަމަވެސް، ސާޖިދު ޖާވިދު ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ބޮޑުވަޒީރު ކަމަށް ވާދަނުކުރެއް ވުމެވެ.

އިނގިރޭސި ބޮޑުވަޒީރުގެ މަގާމުގައި މިހާރު ހުންނެވި ބޮރިސް ޖޯންސަންއަށް ސަރުކާގެ އެތެރެއިން ނާއިން އާންމުގެ ފަރާތުން ޕްރެޝަރު ޖެހިވަޑައިގެން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. މަގާމުގައި ދެމި ހުންނަވަން ބޮރިސް ޖޯންސަން -- އާންމު ނަމުން ނަމަ ބޯޖޯއަށް އެއްވެސް ކޮޅެއް ފެނިވަޑައި ނުގަތީ އެވެ.

ބޮރިން ޖޯންސަންގެ ފަރާތުން އާންމުން ދެކެފައި ވަނީ އިނގިރޭސިންނަށް ނުފަރިތަ އަޚުލާގެކެެވެ. ބައެއް ފަހަރު މާބޮޑަށް އިތުރުފުޅު ހެއްދެވުމާއި ރާނީ އެލިޒަބަތަށް އޮޅުވާލެއްވުމުގެ ތުހުމަތުވެސް ބޯޖޯއަށް އެބަ އޮތެވެ.

ސާޖިދު ޖާވިދު އަކީ ބޮރިސް ޖޯންސަން ސަރުކާރުގެ ހެލްތު މިނިސްޓަރެވެ. އިނގިރޭސި ކޮންމެ ވަޒީރަކީ ބޮޑުވަޒީރަށް ދޫނުކުރައްވާ ވަރުގެ ގާބިލު ބޭފުޅަކަށް ވާއިރު، ބޮޑުވަޒީރުގެ މަގާމު ދެމެހެއްޓުން ބުރަބޮޑު ކަމަކަށް ނުވާނެ ކަމަށް، ބޮޑުވަޒީރު ކަމަށް ވާދަކުރައްވާ ރިޝީ ސުނަކް ވެސް ވިދާޅުވި އެވެ. ރިޝީ ސުނަކް އަކީ ބޯޖޯ ސަރުކާރުގެ ކުރީގެ މާލީ ވަޒީރު އެވެ.

ބޮރިސް ޖޯންސަން އަށް ފަހު އިނގިރޭސި ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ޝައުގުވެރިވި މެމްބަރުންގެ ނަންލިސްޓް މިހާރު ވަނީ ތަރުތީބުކޮށް އެންމެ ބާރުގަދަ އަށް މެމްމަރުނާއެކު އަލުން އެކުލަވާލާފަ އެވެ. އޭގެ ތެރޭގއި ފޮރިން މިނިސްޓަރު ލިޒް ޓްރަސް އާއި މިހާރުގެ މާލީ ވަޒީރު ނަދީމް ޒަހާވީ ހިމެނެ އެވެ.

މަޝްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި އިނގިރޭސި ބޮޑުވަޒީރުގެ މަގާމަށް އޮތް ވާދަވެރިކަން މިއީ ވަރަށް ބޮޑު ފަހަރެކެވެ. ކޮންޒަވޭޓިވް ޕާޓީ ތެރޭގައި އޮތް ވާދަވެރިކަން ސަޕޯޓަރުންނަށް ފޯރައި ހީވަނީ ގައުމަށް ފެތުރިފައި އޮތް އިންތިހާބެއް ހެންނެވެ.