އެމްޓީސީސީ

ކަލާސް އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޓީސީސީ

Mar 25, 2022

އެޑިޔުކޭޝަން މިނިސްޓްރީ ދެމުންދާ "ކަލާސް އެވޯޑްސް"ގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒު އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒި އެވެ.

އެމްޓީސީސީއާ އެކު ސޮއި ކުރި އެއްބަސްވުމާ ގުޅިގެން މިއަހަރުން ފެށިގެން ކުރިއަށް އޮތް ތިން އަހަރު ކަލާސް އެވޯޑްސް ދޭނީ "އެމްޓީސީސީ ކަލާސް އެވޯޑްސް"ގެ ނަމުގަ އެވެ.

ކަލާސް އެވޯޑަކީ ސްކޫލުތަކުގެ ދަރިވަރުން، އެ ކުދިންގެ ތައުލީމީ ހަޔާތުގައި ވާދަކުރާ އެކިއެކި ކުޅިވަރުތަކުން ހޯދަމުންދާ ރަން ވަނަތައް ގައުމީ ފެންވަރެއްގައި ފާހަގަކުރުމަށް ތައާރަފްކޮށްފައިވާ އެވޯޑެކެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ކަލާސް އެވޯޑް ތައާރަފްކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ.