ފިލްމީ ތަރިންގެ ދަރިން ކުރިން އަބަދުވެސް ބޭނުންވަނީ ބޮލީވުޑް ބޮޑު ފިލްމަކުން އެކްޓިންގެ ދުނިޔެއަށް ނުކުންނާށެވެ. ނަމަވެސް މިހާރު ގިނަ ކުދިން ބޭނުންވަނީ ވެބް ސީރީޒް ނުވަތަ ފިލްމު ކުޅެ ތަޖުރިބާ ހޯދުމަށްފަހު ބޮލީވުޑް ފިލްމުތައް ކުޅެން ފަށާށެވެ.
ޝާހް ރުކް ޚާންގެ ދަރިފުޅު ސުހާނާ އާއި ޝްރީދޭވީ އާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ހަގު ދަރިފުޅު ޚުޝީ އަދި އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާ ވެސް ބޭނުންވަނީ ހަމަ މިގޮތެވެ.
މި ޒުވާން ތިން ފިލްމު އިންޑަސްޓްރީއަށް ތައާރަފްވާން ތައްޔާރުވެފައިވާއިރު އެމީހުން އެންމެ ކުރިން ކުޅެން ހަމަޖެހިފައިވަނީ ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ ވެބް ފިލްމެކެވެ. ނެޓްފްލިކްސް އަށް ޒޯޔާ ތައްޔާރުކުރީ މި ފިލްމު ބިނާ ކޮށްފައިވަނީ އާޗީޒް ކޮމިކްސް ކެރެކްޓާ ތަކަށެވެ. މި ލައިވް-އެކްޝަން މިއުޒިކަލް ފިލްމެކެވެ.
މި ފިލްމު ފެށުމުގެ ތައްޔާރީތައް ކުރިޔަށް ދާއިރު މިދިޔަ ހަފުތާގައި ސުހާނާ އާއި ޚުޝީ އަދި އަގަސްތިޔާ ވަނީ އެމީހުން ކުޅޭ ކެރެކްޓާތަކުގެ ކޮސްޓިއުމްގައި ލުކް ޓެސްޓެއްގައި ބައިވެރިވެފަ އެވެ. މި ކޮސްޓިއުމުގައި އެމީހުން އުޅެނިކޮށް ނަގާފައިވާ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ.
ޒޯޔާ މި ޕްރޮޖެކްޓް އިއުލާންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ނަމަވެސް މި ޕްރޮޖެކްޓްގައި ބައިވެރިވާ ތަރިންގެ ނަންތައް ޒޯޔާ ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ ފިލްމުގައި ސުހާނާ އާއި ޚުޝީ އަދި އަގަސްތިޔާ ބައިވެރިވާކަން ޔަގީން ވެފައިވާ ކަމަށެވެ.
ލުކް ޓެސްޓަށް ހެދުން އަޅާފައި ހުރި ގޮތުން މިހާރު ލަފާ ކުރެވެނީ މި ފިލްމުގައި ބެޓީގެ ރޯލު ކުޅޭނީ ޚުޝީކަމަށެވެ. ވެރޯނިކާގެ ރޯލު ސުހާނާ ކުޅޭނެ ކަމަށް ބެލެވެ އެވެ. އަދި އަގަސްތިޔާ ކުޅެނީ އާޗީގެ ރޯލެވެ.