އަލީ ނިޒާރު

ނިޒާރުގެ ކާރުގައި "އިންޑިއާ އައުޓް" ޖަހައިިފި

އައްޑޫ މޭޔަރު ނިޒާރުގެ ކާރަށް "އިންޑިއާ އައުޓް" ސްޕްރޭ ކޮށްފި އެވެ.

އައްޑޫ ސިޓީގެ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ސައީދު އަވަސްއަށް ވިދާޅުވީ ނިޒާރުގެ ކާރަށް ސްޕްރޭކޮށްފައި އޮތީ ރޭ ކަމަަށާއި ކާރު ބާއްވާފައި އޮތީ ނިޒާރު ދިރިއުޅުއްވާ ގެއާ ކައިރީގައި ކަމަށެވެ.

އެ މައްސަލަ މިހާރު އޮތީ ފުލުހަށް ވެސް ހުށަހަޅައިފަ އެވެ.

މީގެ ކުރިން "އިންޑިއާ އައުޓް" ސްކޫލެއްގެ ފާރުގައި ޖެހި މައްސަލައެއް ވެސް ފެންމަތިވި އެވެ. އެ މައްސަލަ ފުލުހުން ބަލަމުންދާ އިރު މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އެނގިފައެއް ނުވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި މިހާރު ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ އިރު އެ ހަރަކާތް ހުއްޓުވަން މަޖިލީހަށް ބިލެއް ހުށަހަޅަން މިހާރު ވެރިކަން ކުރާ އެމްޑީޕީން ދަނީ ތައްޔާރުވަމުން ނެވެ.

ނަަމަވެސް ޕީޕީއެމް / ޕީއެންސީ ބުނީ ހަރަކާތް ނުހުއްޓާނެ ކަމަށެވެ. ދެ ޕާޓީން އިއްޔެ މާލޭގައި އޭގެ ބޮޑު ހަރަކާތެއް ބާއްވަން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ފުލުހުން ވަނީ އިއްޔެގެ ހަަރަކާތް ހުއްޓުވައި އިސްކޮށް އުޅުނު ބޭފުޅުން ހައްޔަރުކޮށްފަ އެވެ.