އިލެކްޝަންސް ކޮމިޝަން

ނިލަންދޫ ގޮޑި ޕީޕީއެމަށް، މީދޫ ގޮޑި އެމްޑީއޭއަށް

މިއަދު އޮތް ފ. ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަން ޕީޕީއެމްގެ ކެންޑިޑޭޓް އަދި ދ. މީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަން އެމްޑީއޭގެ ކެންޑިޑޭޓް ކާމިޔާބުކޮށްފި އެވެ.

ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި ފަސް ކެންޑިޑޭޓުން ވާދަކުރިއެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރި ތިން ކެންޑިޑޭޓަކާއި އެމްއެންޕީ އާއި ޕީޕީއެމްގެ ކެންޑިޑޭޓެކެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ރަނިއްޔާ ނަސީރަށް ލިބިފައިވަނީ 247 ވޯޓެވެ.

އެމްއެންޕީގެ ހަދީޖާ އަލީ އަށް 223 ވޯޓް ލިބިފައިވެއެވެ. އަމިއްލަ ގޮތުން ވާދަކުރި މުނީރާ އިބްރާހިމަށް 229 ވޯޓް އަދި އާމިނަތު އަލީ އަށް 151 ވޯޓް އަދި ތާހިރާ އިސްމާއީލަށް 85 ވޯޓް ލިބިފައިވެއެވެ.

މި އިންތިހާބުގައި 1497 ވޯޓް ލިބިފައިވާއިރު ސައްހަ ވޯޓްގެ އަދަދަކީ 935 ވޯޓެވެ. ބާތިލް ވޯޓްގެ ގޮތުގައި 11 ވޯޓް ގުނާފައިވެއެވެ.

މީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި ހަތަރު ކެންޑިޑޭޓުން ވާދަކުރިއެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރި ދެ ކެންޑިޑޭޓަކާއި އެމްއެންޕީ އާއި އެމްޑީއޭގެ ކެންޑިޑޭޓެކެވެ. އެމްޑީއޭގެ ކެންޑިޑޭޓް ހުދުނާ އަބްދުލްއަޒީޒަށް ލިބިފައިވަނީ 353 ވޯޓެވެ.

އެމްއެންޕީގެ ޝުއުލާ ވަހީދަށް އަށް 208 ވޯޓް ލިބިފައިވެއެވެ. އަމިއްލަ ގޮތުން ވާދަކުރި އާމިނަތު ފަޒްލާއަށް 2120 ވޯޓް އަދި އައިޝަތު ސަމާއަށް 74 ވޯޓް ލިބިފައިވެއެވެ.

މި އިންތިހާބުގައި 1005 ވޯޓް ލިބިފައިވާއިރު ސައްހަ ވޯޓްގެ އަދަދަކީ 755 ވޯޓެވެ. ބާތިލް ވޯޓްގެ ގޮތުގައި 13 ވޯޓް ގުނާފައިވެއެވެ.