ކްރިމިނަލް ކޯޓް

މުޒާހަރާއިން ހައްޔަރުކުރި ނުވަ މީހަކު ބަންދަށް

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެން ދިޔަ"ނޭވާހޮޅިއަށް" އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން ހައްޔަރުކުރި 17 މީހުންގެ ތެރެއިން ނުވަ މީހަކު ބަންދުގައި ބޭތިއްބުމަށް ކޯޓުން މުއްދަތު ދީިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ އިއްޔެގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 17 މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ހަ މީހަކު ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހިމެނިވަޑަައިގަންނަވައެވެ. އެ ދެ ބޭފުޅުން މިހާރު ދިރިއުޅުއްވާ އެޑްރެސް ބަދަލުވެއްޖެނަމަ އެންގުމަށާއި ތަހުގީގަށް އެއްބާރުލުން ދިނުމަށާއި ފޯން ނަންބަރު ބަދަލުކޮށްފި ނަމަ އެކަން އެންގުމަށް ވަނީ ޝަރުތުކޮށްފައެވެ.

މީގެ އިތުރުން ތިން މީހަކަށް ތިން ދުވަހުގެ ބަންދުގެ މުއްދަތެއް އަދި ދެ މީހަކަށް ހަތް ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ. އަދި ބާކީ ތިބި ހަތަރު މީހަކަށް ޖަހައިދިނީ ދެ ދުވަހުގެ ބަންދުގެ މުއްދަތެކެވެ.

ފުލުހުން އިއްޔެ ބުނީ އެ 17 މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށެވެ.