ޒައިދު ފިއުޗާ އެނާޖީ އެވޯޑް އައްޑޫ ހައިސްކޫލަށް ލިބިއްޖެ އެވެ.
އޭޝިއާ ސަރަހައްދުގެ ހައިސްކޫލް ކެޓަގަރީން އައްޑޫ ހައިސްކޫލަށް މި އެވޯޑް ލިބިފައިވާއިރު އިނާމެއްގެ ގޮތުގައި އެއް ލައްކަ ޑޮލަރު ވެސް ވަނީ ލިބިފައި އެވެ.
އައްޑޫ ހައިސްކޫލުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި 2.8 ކިލޯވޯޓުގެ ކަރަންޓު އުފައްދައިދޭ ގޮތަށް ނިޒާމެއް ގާއިމު ކޮށްފައި އެވެ. އަދި މި އަހަރު ތެރޭގައި 45 ކިލޯވޯޓުގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ލިބޭ ނިޒާމަކަށް އެ ނިޒާމު ބަދަލުކުރުމަށް އެ ސްކޫލުން ވަނީ ނިންމާފައި އެވެ. އަދި އެއާއިއެކު އެ ސްކޫލުން ކަރަންޓު އުފެއްދުމުގައި 100 ޕަސެންޓު އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ވަނީ ނިންމާފައި އެވެ..