އައްޑޫ ސިޓީ

އައްޑޫގެ މަގު ހެދުމުގެ ބިޔަ މަޝްރޫއު ފަށައިފި

އައްޑޫސިޓީގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މިއީ ރާއްޖޭގައި ހިންގޭ މަގު ހެދުމުގެ އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއު މިއަދު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އިންޑިޔާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ޑޮކްޓަރު ސުބްރަމާނިއަން ޖަޔަޝަންކަރު އެވެ.

މި މަޝްރޫއުގެ ދަށުން 107 ކިލޯމީޓަރުގެ މަގު ހަދާނެ އެވެ. އެ ގޮތުން ހިތަދޫ އާއި މަރަދޫ އާއި ފޭދޫ އާއި މަރަދޫ ފޭދޫގެ އިތުރުން މީދޫ އާއި ހުޅުދޫ މީދޫގެ މަގުތައް ހަދާނެ އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއު ނިމުމުން އައްޑޫ ސިޓީއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ އެވެ. އަދި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވޭނެ އެވެ.

އައްޑޫ ސިޓީގައި މިވަގުތުވެސް ގިނަ މަސައްކަތްތަކެއް އެބަ ހިނގައެވެ. މިހާތަނަށް 32 މަޝްރޫއެއްގެ މަަސައްކަތް ވަނީ ނިމިފައެވެ. ކޮންޓްރެކްޓްގައި ނުވަ މަޝްރޫއެއް ވާއިރު ޓެންޑަރިން މަރުހަލާގައި 11 މަޝްރޫއެއް ވެއެވެ. އަދި މިވަގުތުވެސް 28 މަޝްރޫއެއްގެ މަސައްކަތް ހިނގައެވެ. އެވޯޑްކޮށްފައިވަނީ ނުވަ މަޝްރޫއެކެވެ.