ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދެ ހަފްތާ؛ 2،342 މީހަކު ޕޮޒިޓިވް، އެކަކު މަރު

ކޮވިޑް ސާމްޕަލް ނެގުން: މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް ހުރީ ހަތަރު ޕަސެންޓްގައި --
0%
0%
0%

މާޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް 2،342 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު ހާމަކުރަމުން ގެންދިއުމަށް ފަހު ސައުވީސް ގަޑިއިރުގެ ކޮވިޑް ނަންބަރު ހާމަ ކުރުން ހުއްޓާލީ ރާއްޖޭގައި އިއުލާނު ކޮށްފައިވާ އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ކޮވިޑް-19 އާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކަށް ނިމުން ގެނައުމާއި ގުޅިގެން މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރީންނެވެ. ސިއްހީ ކުއްލި ނުރައްކާ އުވާލާފައިވަނީ ދެ އަހަރަށް ފަހު އެވެ.

މީގެ އިތުރުން މާސްކު އެޅުން މަޖުބޫރު ކޮށްފައި އޮތް އޮތުން ނިމުމަކަަށް ވަނީ ގެނެސްފައެވެ.

ދެ ހަފްތާގެ މައުލޫމާތު ހިމަނާ އެޗްޕީއޭ އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައި ބުނެފައިވަނީ މާޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް 2،342 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި އެކަކު މަރުވެފައިވާ ކަމަށެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 184 މީހުންނަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނެވެ. ބާކީ ތިބި 1،938 މީހުން ނިސްބަތް ވަނީ އަތޮޅުތަކަށެވެ. އެހެން ކަމުން މާލެ ސަރަހައްދުގައި ބަލި ޖެހޭ މީހުންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވްވީ ރޭޓް ހުރީ ހަތަރު ޕަސެންޓްގައެވެ. އަތޮޅުތަކުގައި އެ ނިސްބަތް ހުރީ 38 ޕަސެންޓްގައެވެ.

މިހާތަނަށް ރާއްޖެއިން ބަލި ޖެހިފައިވަނީ 176،993 މީހަކަށެވެ. މުޅި ރާއްޖެއިން 298 މީހަކު ކޮވިޑްގައި މަރުވެފައިވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910