އަހުމަދު މަހްލޫފު

ދެ ފުޓްސަލް ދަނޑު ހަދަން އަދި ފައިސާ ދުލެއް ނުކުރޭ

މާލޭގައި ދެ ފުޓްސަލް ދަނޑު ހަދަން މަސައްކަތް ފަށަން އަދިވެސް ފިނޭންސް މިނިސްޓްރީން ފައިސާ ދޫނުކުރާ ކަަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްްޖެ އެވެ.

މަހުލޫފް އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ލިޔުމުން ހޯއްދަވަން ހުށަހެޅި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބެއްގަ އެވެ.

އީވާ އެއްްސެވީ ސިނަމާލެ ފްލެޓު ކައިރި ފުޓްސަލް ދަނޑު ހަދަން މާލޭ ސިޓީ ކައުންސިލްއާއެކު ޔޫތު މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަހު ހެދި އެއްބަސްވުމުގެ ދަށުން 20 ދުވަހުގެ ތެރޭގައި އެ މަސައްކަތް ކުރުމަށް ސިޓީ ކައުންސިލަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ޖެހޭނެ ކަަމަށް ބުނެފައިވާ އިރު ފައިސާ ދުކުރުމުގެ ކަންތައް މިހާރު ގޮސްފައިވާ ހިސާބެވެ.

އެ ސުވާލަށް މަހުލޫފު ދެއްވި ޖަވާބު އަމީން އާންމު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގައި އިއްވަވައިފަ އެެވެ.

މަހުލޫފް ވިދާޅުވީ ސިނަމާލެ ފްލެޓް ކައިރިންނާއި ތައިސޭ ކޮށީގެ ކައިރިން ދެ ފުޓްސަލް ދަނޑު އަޅަން 2.8 މިލިއަން ރުފިޔާ މާލޭ ސިޓީން ހުށަހެޅި ކަަމަށާއި އަދި އެ އަދަދަށް ފައިސާ ދޫކުރަން އެދި މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި ކަަމަށެެވެ.

ނަމަވެސް ޕޯސްޓްކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން އެ ފައިސާ ވަނީ 2021 ވަނަ އަހަރުގެ ބަޖެޓުން ދެއްކޭގޮތް ނުވި ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"އަދި 2022 ވަނަ އަހަރުގެ ބަޖެޓުން މި މަސައްކަތުގެ ފައިސާ ސިޓީ ކައުންސިލްއަށް ޖަމާކުރުމަށް 10 މާޗް 2022 ގައި ވަނީ ފިނޭންސް މިނިސްޓްރީއަށް ވަނީ ޕޯސްޓްކުރެވިފަ އެވެ." މަހުލޫފް ވިދާޅުވި އެވެ.