ލައިފްސްޓައިލް

އޮސްކާ 2022: އެންމެންގެ ލޯ ޖަޑާ ޕިންކެޓްގެ ހެދުމަށް

އޮސްކާ އެވޯޑުގައި އެވޯޑު ލިބޭ ފަންނާނުންގެ ވާހަކައެކޭ އެއްވަރަށް އެވޯޑު ހަފުލާއަށްދާ މީހުން އަޅާ ހެދުމުގެ ވާހަކަ ވެސް ދައްކަ އެވެ. މިފަހަރުގެ އެވޯޑު ހަފުލާގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ވިލް ސްމިތުގެ އަންހެނުން ޖަޑާ ޕިންކެޓް ސްމިތު އަޅާފައި ހުރި ގަދަ ފެލި ކުލައިގެ ގައުން އަކަށެވެ.

"ކިންގް ރިޗަޑް" އިން އެންމެ މޮޅު އެކްޓަރުގެ އޮސްކާ އެވޯޑު ވިލް ސްމިތަށް ލިބުނުއިރު އޭނާގެ ވާހަކައަށް ވުރެ އޭނާގެ އަންހެނުން އަޅައިގެން ހުރި ހެދުމުގެ ވާޙަކަ ދައްކާ މީހުން ގިނަ އެވެ.

ފެޝަނުގެ ދުނިޔޭގައި ވެސް މިހާރު އެންމެން ދައްކަނީ މި ގައުންގެ ރީތިކަމުގެ ވާހަކަ އެވެ. އެ ފަހާފައިވާލެއް ފުރިހަމަ ކަމުގެ ވާހަކަ އެވެ.
އޮކްސާ ހަފުލާގައި ޖަޑާ ލައިގެން ހުރީ ޖޯން ޕޯލް ގޯލްޓިއޭ އެސްއެސް22 ކޯޗާ ގައުން އެކެވެ. ރޫޖައްސާފައިވާ ވަރަށް ބޮޑު ސްކާޓަކާއި އަތްދިގުކޮށް ގަޔަށް ބާރުކޮށް ހުރި މި ހެދުމުގެ ތިރީބައިގެ ބޮޑު ބައެއް އޮތީ ބިންމަތީގައި ދެމޭ ގޮތަށެވެ.

ހެދުމާ ގުޅޭ ފެހި ކުލައިގެ ފައިވާނަކާއެކު ޖަޑާގެ ހެދުން ފުރިހަމަ ކޮށްފައިވަނީ އަލިމަހުގެ ގަހަނާ އިންނެވެ. ޚާއްސަކޮށް އޭނާގެ ކަންފަތުގައި ލާފައިވާ ބޮޑު މުންޖަށް ބޮޑު ސަމާލުކަމެއް ލިބުނެވެ.