އަހުމަދު މަހްލޫފު

އައުޓްޑޯ ޖިމްތަކުގެ މަސައްކަތެއް ނުހިނގާ: މަހްލޫފު

ރަށްރަށުގެ އައުޓްޑޯ ޖިމްތައް ހެދުމުގެ މަސައްކަތް ވަަރަށް ލަސްކަމަަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހުލޫފް މިއަދު ވިދާޅުވީ އައުޓް ޑޯ ޖިމްތަކުގެ މަސައްކަތް އިންތިހާއަށް ލަސްވެފައިވާ ކަމަށާއި އޭނާ އެކަން ގަބޫލު ކުރައްވާ ކަމަށެވެ.

"އެ މަސައްކަތްތައް ލަސްވާތީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދައިގެން ކޮންޓްރެކްޓްތައް ބާތިލުކޮށް ނުނިމި ހުރި ރަށްރަށުގައި އަޅުގަނޑުމެން ވާނީ ކައުންސިލްތަކަށް އަންގާފައި ކައުންސިލްތަކުން ނުނިމު ހުރި މަސައްކަތް އިއުލާން ކޮށްގެން އަގެއް ހޯދައިފައި އަޅުގަނޑުމެންނަަށް އަންގަން." މަހުލޫފް ވިދާޅުވި އެވެ.

ބައެއް ރަށްރަށުގައި އައުޓް ޑޯ ޖިމްތައް މޫދު ކައިރީގައި ހުންނާތީ ލޮނުގެ އަސަރުކުރާތީ ދަބަރު ޖަހާ ހަލާކުވާތީ އެ ޖިމްތައް "އިންޑޯ ޖިމް" ތަކަށް ބަަދަލު ކުރަމުންދާ ކަމަށް ވެސް މަހުލޫފް މިއަދު ވިދާޅުވި އެވެ.