މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުން މިރޭ ހަވާ އަރުވަނީ

Mar 30, 2022

ދިވެހި ފުލުހުންގެ ހިދުމަތަށް 89 އަހަރު ފުރުނު މުނާސަބަތާއި ގުޅިގެން މިރޭ ހަވާ އަރުވަން އެ އިދާރާއިން ނިންމައިފި އެވެ.

ފުލުހުން މިއަދު ބުނީ ހަވާ އެރުވުން އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި، މިރޭ 11:00 ޖަހާއިރު ކަމަށެވެ.

ފުލުހުންގެ އަހަރީ ދުވަސް އިއްޔެ ފާހަގަ ކޮށްފައިވާއިރު، އިއްޔެ ރޭ ވަނީ ދިދަ އެރުވުމުގެ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އަދި ރޭ ވަނީ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ވެސް ބޭއްވި އެވެ. އެ ޖަލްސާފައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި އެވެ.

ރޭގެ ޖަލްސާގައި އޮންލައިންކޮށް އާންމުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް ފަރުމާކޮށްފައިވާ ހާއްސަ އެޕްލިކޭޝަނެއް ވެސް ވަނީ އިފްތިތާހު ކޮށްފަ އެވެ.

މީގެ އިތުރުން ފުލުހުންގެ ޑިނާ ނައިޓެއް ބޭއްވުމަށް ވެސް ހަމަޖައްސާފައި ވެއެވެ.