ހަބަރު

ސްނައިޕަރު ގެނައި މައްްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި

ރައީސް ޔާމިން އަވަހާރަ ކޮށްލަން ސްނައިޕަރަކު ރާއްޖެ ގެނައި މައްސަލާގައި ތިން މީހަކު ހައްޔަރުކޯށްފި.

މިދިޔަ އޮކްޓޯބަރު މަހު 24 ގައި ލަންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަޑުޝަންކަ ހައްޔަރުކޮށްފައިވަނީ، ރައީސް ޔާމިން އަވަހާރަކޮށްލުމަށް މަސައްކަތް ކުރަން އުޅުން ކަމުގެ ތުހުމަތުގަ އެވެ. ފުލުހުން ބުނެފައި ވަނީ އޭނާ އެކަން ކޮށްފައިވަނީ ބަޔަކު ގިނަ އަދަދެއްގެ ފައިސާތަކެއް ދީގެން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިމަހު 17 ގައި ދިވެހި ތިން ފިރިހެނުން ހައްޔަރުކޮށްފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޗަލް ވިދާޅުވީ ޔައީސް ޔާމިން އަވަހާރަކޮށްލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޯށްފައިވާ ސްނައިޕަރު ރާއްޖެ ގެނައި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ބަޔަކު މާލެއިން ހައްޔަރު ކޮށްފައިވާ ކަމަށާއި އަދި އެމީހުންގެ ބަނދަށް މިހާރު ވާނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފާވާ ކަމަށެވެ.

ލަންކާ ސްނައިޕަރުގެ މައްސަލާގައި އޭނާ އަކީ ކުށެއް ނެތް މީހެއް ކަމަށް ލަންކާއިން ބުނަމުންދާ އިރު އޭނާގެ ގާނޫނީ ވަކީލު މިހަފްތާތެރޭގައި އައުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެން ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ލިބިފައި ނުވެއެވެ.