ފެމިލީ ކޯޓް

ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ހުޒައިފާ

Mar 30, 2022

ދެ އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

ޖޭއެސްސީން ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަންކުރެއްވީ އެ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދު އެވެ.

ޖޭއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިން ވަނީ ހުޒައިފާ އަށް މަގާމުގެ ފަތްކޮޅު އަރުވާފަ އެވެ.

ހުޒައިފާ އަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓާސް އޮފް ކޯޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ހުޒައިފާ މުހައްމަދު ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ ޖުލައި 11، 2017 ގައެވެ.

ހުޒައިފާ އަކީ ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ކޯޓެއްގެ އިސް ގާޒީ ކަމުގެ މަގާމަށް އައްޔަންކުރެވުނު ފުރަތަމަ އަންހެން ބޭފުޅާ އެވެ.