ޓެރަރިޒަމް

ޔޫރަޕްގައި ޓެރަރިސްޓް ހަމަލާތަކެއްގެ އިންޒާރު ދީފި: އޮސްޓްރިއާ ފުލުހުން

ޔޫރަޕްގެ ގައުމުތަކަށް ޓެރަރިސްޓް ހަމަލާތަކެއް ދޭން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލުމާތު ތަކެއް ލިބިއްޖެ ކަމަށް އޮސްޓްރިއާ ފުލުހުން ބުނެފި އެވެ.

އޮސްޓްރިއާގެ ވެރިރަށް ވިއެންނާގެ ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކްރިސްމަސް އަދި އާ އަހަރު ފެށުން ފާހަގަ ކުރަމުންދާ ތަންތަނަށް ގޮވާ އެއްޗެހި އަދި ބަޑީގެ ހަމަލާތައް ދޭން ރާވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މި ހަމަލާތައް ދޭނެ ސިޓީތައް އެމީހުން ހާމަކޮށްފައެއް ނުވެއެވެ.

އިންޒާރުގެ މި މެސެޖްތައް ދިން ފަރާތެއް ހޯދުމަށް މިހާތަނަށް ކުރި މަސައްކަތް އަދި ކާމިޔާބު ނުވާ ކަމަށާއި މިއީ ނުރައްކާތެރި އިންޒާރެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.

މި އިންޒާރާއި ގުޅިގެން ވިއެންނާގެ އަދި ޔޫރަޕްގެ އެހެން ސިޓީތަކުގެ ސަލާމަތީ ފިޔަވަޅުތައްވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. އަދި ބޮޑެތި އިވެންޓްތައް ކުރިއަށްދާ ސަރަހައްދުތައް އަދި ޓްރެފިކް ބޮޑު ސަރަހައްދު ތަކުގައި ފުލުހުން ދަނީ ފޯރިމަރަމުންނެވެ.

މިދިޔަ ނޮވެމްބަރު މަހު ފްރާންސްގެ ޕެރިސް އަށްވެސް ވަނީ ޓެރަރިސްޓް ހަމަލާއެއްދީ 130 މީހުން މަރާލާފަ އެވެ.