މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްއިން ސްޓޭކް ހޯލްޑަރުންނާއެކު ފޯރަމެއް

އެމްޕީއެލްއިން ސްޓޭކް ހޯލްޑަރުންނާއެކު ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމަށް ފޯރަމެއް ބާއްވައިފި އެވެ.

އެ ފޯރަމް ބޭއްވީ އެމްޕީއެލްގެ ހިދުމަތް ޑިޖިޓަލްކުރުން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތަަށް ފަހު އެވެ.

އެ ފޯރަމްގައި ކްލިއަރިން އޭޖެންޓުންނާއި، އިމްޕޯޓަރުން އަދި ޝިޕިންގ އެޖެންޓުން ބައިވެރިވި އެވެ. އަދި އެ ބޭފުޅުން ވަނީ މިހާރު ދިމާވެފައިވާ ދަތިތަތަކާއި ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް ހިޔާލު ދީފަ އެވެ.

އެ ފޯރަމްގައި ބައިވެރިވެލެއްވި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ސްޓޭކްހޯލްޑަރުންގެ ހިޔާލުތައް އަބަދުވެސް ބަލައިގަންނާނެ ކަމަށާއި އަދި ކުންފުނީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވޭނީ ވެސް އެކަންކަން އަޑުއަހައިގެން ކަމަށެވެ.

ރޭގެ ފޯރަމްގައި އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ އާއި ޗީފް އޮޕަރޭޝަންސް އޮފިސަރު މުހައްމަދު މަސީހު އަބްދުލް ސައްތާރާއި ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ތޮލްހަތު ސައީދާއި ޗީފް އިންފޮމޭޝަން އޮފިސަރު އާދަމް ޝިފާން އަދި ޗީފް ރިސްކް އޮފި. ޑރ އިބްރާހިމް ޒާހިރު ބައިވެރިވެލެއްވި އެވެ.