ވޯލްޑް ގަވަރުންމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީ އަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި ނައިބު ރައީސް ފައިސަލް ނަސީމް، މިއަދު މާލެ ވަޑައިގެންފި އެވެ.
ނައިބހ ރައީސްގެ މި ދަތުރުފުޅުގައި ޔޫއޭއީ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން ޔޫއޭއީ ސަރުކާރާ ގުޅިގެން ދިވެހި ދައުލަތުގެ ހިންގުން ހަރުދަނާކޮށް ޒަމާނީ ކުރުމަށް ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައިވެ އެވެ. އަދި އެކްސްޕޯ ދުބާއީއަށް ޒިޔާރަތްކުރައްވައި އެކްސްޕޯގެ ރާއްޖޭގެ ޕެވިލިއަންއާ ސައުދީ އަރަބިއްޔާގެ ޕެވިލިއަންއަށް ވަޑައިގެންނެވި އެވެ.