ފައިސަލް ނަސީމް

ނައިބް ރައީސް ޔޫއޭއީ އަށް ފުރާވަޑައިގެންފ

Dec 2, 2021
1

ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ނައިބް ރައީސް ފައިސަލް ނަސީމް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފި އެވެ.

މި ކޮންފަރެންސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ ހަތަރެއް އަދި ފަސްވަނަ ދުވަހު އަބޫދާބީގަ އެވެ.

މި ކޮންފަރެންސްގައި ނައިބް ރައީސް ބައިވެރިވެ ވަޑައިގަންނަވާނީ ޝަރަފުވެރި މެހެމާނުގެ ގޮތުގަ އެވެ. އަދި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެ އެެވެ.

އައިއޯސީގެ މިއަހަރުގެ ޝިއާރަކީ "އިކޮލޮޖީ، އިކޮނޮމީ، އެޕިޑެމިކް" އެވެ.

ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ނައިބް ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ނައިބް ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު އެވެ.