ކަނޑޫދޫ މިރުސް ބްރޭންޑް އިތުރަށް ފުޅާކޮށް، ތ. ކަނޑޫދޫގެ ދަނޑުވެރިންނަށް އިތުރު ފުރުސަތުތައް ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫން ކަނޑޫދޫ ކައުންސިލާއި ގުޅި، ރޯދަ އަށް ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.
މިއަދު ހަވީރު މެންޙަޓަން ބިޒްނަސް ހޮޓަލުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ކެމްޕޭން އިފްތިތާހު ކޮށްދެއްވީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފާއި ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އެވެ.
އުރީދޫގެ ރޯދަ ކެމްޕެއިންގެ ދަށުން ކަނޑޫދޫ މިރުހަށް މިއަދު ވަނީ ހާއްސަ ބްރޭންޑެއް ތައާރަފްކޮށްފަ އެވެ. އެ ބްރޭންޑްގެ ދަށުން ވަނީ ކަނޑޫދޫ މިރުސް ބްރޭންޑް ގައިޑްލައިންސް އާއި ހާއްސަ ލޯގޯ ހިމެނޭ ގޮތަށް ވެބްސައިޓެއް ވެސް އިފްތިތާހު ކޮށްފަ އެވެ.
މީގެ އިތުރުން އެންޒީއާ އުރީދޫ ގުޅިގެން ކަނޑޫދޫ މިރުސް ބޭނުން ކޮށްގެން އުފެއްދި ހާއްސަ ހޮޓް ސޯސް އެއްވެސް ތައާރަފް ކުރި އެވެ. އެ ސޯސް ތަައްޔާރު ކޮށްފައި ވަނީ ކުޅިރަަހަަަ މަަޑުކޮށް ކާ މީހުންނާއި ކުޅި ގަދަކޮށް ކާ މީހުންނަށް ވެސް ކަމުދާނެހެން ކަމަށް އުރީދޫއިން ބުނެ އެވެ. އެ ސޯސް މިހާރު ކަަަނޑޫދޫ މިރުސް ވެބްސަަައިޓް އަަދި އީ ކޮމާސް ޕްްލެޓްފޯމް މޫލީ މެދުވެރިކޮށް ލިބޭނެ އެވެ.
ކުޅިކަމަށް މަޝްހޫރު ކަނޑޫދޫ މިރުސް ވަނީ 2001 ވަނަ އަހަރުން ފެށިގެން ދިވެހިންގެ ހާއްސަ މަގުބޫލުކަމެއް ހޯދައިފަ އެވެ. މިއީ ކަނޑޫދޫގައި ހެދޭ ގިތެޔޮ މިރުހުގެ ތަފާތު ބާވަތެކެވެ.
"މުޖުތަަަމަައުގެ ކުރިއެރުމަަށް މަަަަސައްކަަަތްްކުރާާ ކުންފުންޏެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސް އަކީ ދިވެހިންގެ ކުރިއެރުމަަަށް އަބަދުވެސް މަސައްކަތްކުރާ ކުންފުންޏެކެވެ. އެގޮތުން ބްރޭންޑް ކުރުމުގެ މުހިންމުކަަން ފާހަަގަކޮށް އުރީދޫ މޯލްޑިވްސް އިން ކަނޑޫދޫ ކައުންސިލާ ގުޅިގެން މި މަސައްކަތް ފަށާާާފައިމިވަަނީ ކަނޑޫދޫ މިރުސް އަައު ހަަަރުފަތަަަަކަަށް ގެންދިއުމުގެ މަަގްސަަަދުގަަައެވެ." އުރީދޫއިން ނެރުނު ބަޔާނުގައި ވެއެވެ.