ށ. ކޮމަންޑޫގެ އިދާރީ ދާއިރާގެ އިހުތިސާސުގެ ތެރޭގައި މަތިކޮމަންޑޫ އާއި ކުޑަފަރުފިނޮޅު ހިމަނައިފި އެވެ.
ކޮމަންޑޫގެ އިދާރީ ދާއިރާގެ އިހުތިސޯސަށް ބަދަލު ގެނެސް ރައީސުލްޖުމްހޫރިއްޔާގެ އާ ގަރާރު މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ. އެ ގަރާރުގައި ބުނެފައިވަނީ ށ. ކޮމަންޑޫގެ އިދާރީ ދާއިރާގެ އިހުތިސާސުގެ ތެރޭގައި މަތިކޮމަންޑޫ އާއި ކުޑަފަރުފިނޮޅު ހިމަނަން ރަައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާތީ އެގޮތަށް ނިންމަވާފައިވާ ކަމަށެވެ.
ކޮމަންޑޫގެ އިދާރީ ދާއިރާގެ އިހުތިސާސުގެ ތެރޭގައި މަތިކޮމަންޑޫ އާއި ކުޑަފަރުފިނޮޅު ހިމަނާފައިވާއިރު ކޮމަންޑޫ އާއި އެރަށުގެ ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫ ގުޅައިލުމަށް ބިން ހިއްކުމުގެ މަސައްކަތް ވަނީ މިިދިޔަ މަހު ފަށާފައެވެ.
ދެ ކޮމަންޑޫ ގުޅާލުމުގެ މަސަައްކަތް އެމްޓީސީސީއާ ހަވާލުކުރީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޝަރުތުކޮށް 249.9 މިލިއަން ރުފިޔާ އަށެވެ. ދެކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއުލާންކުރެއްވީ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭން ފެށުމަށް ޖަނަވަރީ މަހުގެ ހަވަނަ ދުވަހުގެ ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.