ރޯދަ އިނާޔަތް

ރޯދަ އިނާޔަތް ނުލިބޭނަމަ މައްސަލަ ހުށަހަޅަން އެދިއްޖެ

ރޯދަ އިނާޔަތް ނުލިބޭނަމަ މައްސަލަ ހުށަހަޅަން ލޭބާ ރިލޭޝަންސް އޮތޯރިޓީ އިން އެދިއްޖެ އެވެ.

އެ އޮތޯރިޓީ އިން މިއަދު ބުނީ ރޯދަ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ނުލިބޭނަމަ އެ އޮތޯރިޓީއަށް މައްސަލަ ހުށަހެޅުމަށް އެދޭ ކަމަށެވެ. އެ އޮތޯރިޓީގެ ވެބްސައިޓަށް ޒިޔާރަތްކޮށްގެން އޮންލައިންކޮށްވެސް މައްސަލަ ހުށަހެޅޭނެ އެވެ. ނުވަތަ އެ އޮތޯރިޓީއަށް ގޮސްގެން ވެސް މައްސަލަ ހުށަހެޅޭނެ އެވެ.

ގާނޫނު ބުނާ ގޮތުން ނަމަ ރޯދަ މަސް ފެށުމުގެ ކުރިން ކޮންމެ މުވައްޒިފަކަށް ވެސް ރޯދަ އިނާޔަތް ދޭން ޖެހެ އެވެ.

ނަމަވެސް އަދިވެސް ބައެއް މުވައްޒިފުންނަށް ރޯދަ އިނާޔަތް ދީފައެއް ނުވެ އެވެ.

ސަރުކާރުން ވެސް ވަނީ ރޯދަ އިނާޔަތް ދިނުމަށް މުއައްސަސާތަކަށާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ހަނދާކޮށްދީފަ އެވެ. އަދި ރޯދަ އިނާޔަތް ނުލިބޭ ނަމަ ނުވަތަ އެ އިނާޔަތް ދޭން ވަޒީފާ ދޭ ފަރާތުން ދެކޮޅު ހަދާނަމަ އެކަން އެންގުމަަށް ވަޒީފާއާ ޓްރައިބިއުނަލް އިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.