އުރީދޫ

އުރީދޫ ޑިރެކްޓާ ފައިނޭންސްގެ މަގާމަށް ޒަރީރު

Apr 4, 2022

އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރު ފައިނޭންސްގެ މަގާމަށް ހުސެއިން ޒަރީރު ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ފައިނޭންސް ދާއިރާގައި 25 އަހަރު މަސައްކަތްކޮށް ތަޖުރިބާ ހާސިލްކުރައްވާފައިވާ ޒަރީރުއަކީ އުރީދޫއަށް ހިދުމަތް ކުރައްވާތާ 15 އަހަރުވީ ބޭފުޅެވެ. ޒަރީރު ވަނީ ވަތަނިއްޔާ ޓެލްކޮމް މޯލްޑިވްސްގެ ޒަމާނުން ފެށިގެން އެ ކުންފުނީގައި ހިދުމަތް ކުރައްވާފަ އެވެ.

އުރީދޫގެ ޑިރެކްޓަރު ފައިނޭންސްގެ މަގާމަށް އައްޔަން ކުރި ޒަރީރުއަކީ އިނގިރޭސިވިލާތުގެ އެކައުންޓް ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން މާލީ އެކި ދާއިރާތަކުން މަތީ ތައުލީމް ހާސިލް ކުރައްވާފައިވެ އެވެ.

ވަތަނިއްޔާ ޓެލްކޮމްގެ ނަމުގައި 2005 ވަނަ އަހަރު ރާއްޖޭގައި ހިދުމަތް ފެށި މިހާރުގެ އުރީދޫ މޯލްޑިވްސްގެ ސީނިޔަ މަގާމުތަކުގައި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރެ އެވެ.