ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިދިޔަ ހަފުތާގައި ކޮވިޑަށް ޕޮޒިޓިވްވީ 665 މީހުން

މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން މި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް 665 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު ހާމަ ކުރަމުން ގެންދިއުމަށް ފަހު 24 ގަޑިއިރުގެ ކޮވިޑް ނަންބަރު ހާމަ ކުރުން ހުއްޓާލީ ރާއްޖޭގައި އިއުލާނު ކޮށްފައިވާ އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ކޮވިޑް-19 އާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކަށް ނިމުން ގެނައުމާއި ގުޅިގެން މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރީންނެވެ. ސިއްހީ ކުއްލި ނުރައްކާ އުވާލާފައިވަނީ ދެ އަހަރަށް ފަހު އެވެ.

މީގެ އިތުރުން މާސްކު އެޅުން މަޖުބޫރު ކޮށްފައި އޮތް އޮތުން ނިމުމަކަަށް ވަނީ ގެނެސްފަ އެވެ.

މިދިޔަ ހަފުތާގެ މައުލޫމާތު ހިމަނާ އެޗްޕީއޭ އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައި ބުނެފައިވަނީ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން މި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް 665 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި މުއްދަތުގައި މި ބަލީގައި މީހަކު މަރުވެފައެއް ނުވެއެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 72 މީހުންނަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނެވެ. ބާކީ ތިބި 481 މީހުން ނިސްބަތް ވަނީ އަތޮޅުތަކަށެވެ. އެހެން ކަމުން މާލެ ސަރަހައްދުގައި ބަލި ޖެހޭ މީހުންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވްވީ ރޭޓް ހުރީ ހަތަރު ޕަސެންޓްގައެވެ. އަތޮޅުތަކުގައި އެ ނިސްބަތް ހުރީ 18 ޕަސެންޓްގައެވެ.

މިހާތަނަށް ރާއްޖެއިން ބަލި ޖެހިފައިވަނީ 177،658 މީހަކަށެވެ. މުޅި ރާއްޖެއިން 298 މީހަކު ކޮވިޑްގައި މަރުވެފައިވެއެވެ.