ހަބަރު

އިސްތިއުފާ ދިނީ އަމިއްލަ ސަބަބުތަކަކަށްޓަކައި: ވިސާމް

ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމުން އިސްތިއުފާ ދެއްވެވީ އަމިއްލަ ސަބަބުތަކަކަށްޓަކައި ކަމަށް އެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވެވި ވިސާމް އަލީ ވިދާޅުވެއްޖެ އެވެ.

މަގާމުން އިސްތިއުފާ ދެއްވެވި ސަބަބު ހާމަކުރައްވާ މިއަދު އެކަމަނާ ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ ސަފީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށެވެ.

އޭގެ ފަހުން ވިސާމް ވަނީ ސަރުކާރަށްވެސް ތައުރީފު ކުރައްވާފައެވެ. ވިދާޅުވީ މިއަދުގެ ސަރުކާރުން ތަރައްގޯ އަށްޓަކައި ކުރައްވަމުން އަންނަ ކަންކަަމަށް ތައުރީފު ހައްގު ކަމަށެވެ. އަދި ސަފީރު ކަމުގައި ހުންނަވައިގެން ހިދުމަތް ކުރެެއްވުމަަށް ދެއްވެވި ފުރުސަތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެކަމަނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މާޗް 26، 2019 ގައި މަގާމަށް އައްޔަން ކުރެއްވި ވިސާމް، އަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އަނބިކަނބަލުންނެވެ. ވިސާމް އާއި ތަސްމީން ދިރިއުޅުއްވަނީވެސް މެލޭޝިޔާގައެވެ.