ފޮރިން މިނިސްޓްރީ

މިޒްނާ މަގާމުގައި ބަހައްޓަން ނިންމައިފި

Dec 26, 2023

މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ ހައި ކޮމިޝަނަރު މަރިޔަމް މިޒްނާ ޝަރީފު އެ މަގާމުގައި ބެހެއްޓުމަށް ސަރުކާރުން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މަރިޔަމް މިޒްނާގެ މަގާމުގެ މުއްދަތު އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފަ އެވެ. ފޮރިން މިނިސްޓްރީން އެކަމުގެ ލިޔުން ފޮނުވީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

މިޒްނާއަކީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފުގެ ދަރިކަނބަލުންނެވެ.

މިޒްނާގެ މަގާމުގެ މުއްދަތު އިތުރުކޮށްފައިވާއިރު ޝަރީފު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.

މި ނިންމުން ނިންމާފައިވާއިރު ރާއްޖެއިން ބޭރުގައި ތިބި ބައެއް ޑިޕްލޮމެޓިކް މުވައްޒަފުން ނޮވެމްބަރު 18ގެ ކުރިން ރާއްޖެ ވަޑައިގަތުމަށް އިންތިގާލީ އޮފީހުގެ އެދުމަށް ފޮރިން މިނިސްޓްރީން އޭރު އެންގި އެވެ.