ދުނިޔެ

ޑީއެޗްއެލް ކާގޯ ބޯޓެއް ޖެއްސުމުގެ ތެރޭގައި ދެބުރި ވެއްޖެ

ޑީއެޗްއެލް ކާގޯ -- ޕާރުސަލާއި ލިޔެކިއުންތައް ބައްރުތަކަށް އުފުލާ މަތިންދާބޯޓެއް، އެމެޖެންސީ ހާލަތުގައި ކޮސްޓާރީކާއަށް ޖެއްސި ތަނުން ރަންވޭމަތިން ކަހާލައި، ދެބުރިވެއްޖެ އެވެ. މި ހާދިސާއާ ގުޅިގެން ސަން ޖޯޒްގެ ޖުއާން ސަންޓަމާރިއާ އިންޓަނޭޝަލް އެއާޕޯޓް އިރުގަނޑެއް ވަންދެން ވަނީ ބަންދުކޮށްފަ އެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުން މަތިންދާބޯޓު ޖެއްސި ވަގުތު ކަހާލައިގެން ދިޔައީ އޮލަ ދުންގަނޑެއްގެ ތެރެއިންނެވެ. އެހެން ނަމަވެސް މަތިންދާބޯޓުގައި ތިބި ދެފަޅުވެރިން ކުރެ އެކަކަށް ވެސް ނުރައްކާތެރި ކަމެއް މެދުވެރި ނުވާ ކަމަށް އަލިވާން ނިއްވާ އޮފިސަރުން ބުނެ އެވެ.

ސިއްހީ އޮފިޝަލުން ބުނާ ގޮތުން މަތިންދާބޯޓް ރަންވޭ މަތީގައި ކޭއްތިގަތުމުގެ ސަބަބުން އިރުގަނޑެއް ވަންދެން ޕައިލެޓް ހުރީ ބައްވެ ވާހަކަ ދައްކަން ދަތިވެފަ އެވެ. އެނޫން ގޮތެއް، ހަނދާން ނެތުން ފަދަ އެއްވެސް ކަމެއް ނުވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

އެެއާޕޯޓް އޮފިޝަލުން ބުނާ ގޮތުން ކާގޯ ބޯޓު ފުރައިގެން ގޮސް 25 މިނެޓަށް ފަހު މެކޭނިކަލް މައްސަލައެއް އުޅޭ ކަމަށް ބުނެ އެނބުރި ޖުއާން ސަންޓަމާރިއާ އެއާޕޯޓުގައި ޖެއްސީ އެވެ. އެކަމަކު ހާލަތު އިމަޖެންސީއަށް ބަދަލުވީ ކަމަށް އޮފިޝަލުން ބުނެ އެވެ.

ޕައިލެޓާ ހަވާލާދީ ސިވިލް އޭވިއޭޝަން އޮފިޝަލުން ބުނީ މަތިންދާބޯޓުގައި ހައިޑްރޯލިކް މައްސަލައެއް އުޅޭކަން ޕައިލެޓަށް ފާހަގަކުރެވުމާ ގުޅިގެން ޓަވަރަށް އެކަށް އަންގައި ބޯޓު އަނބުރާލީ ކަމަށެވެ.

އެމެޖެންސީ ހާލަތެއް ނަމަވެސް އަލިފާނުގެ ސަބަބުން އެއްވެސް އެއްޗަކަށް އަދި މީހަކަށް ގެއްލުމެއް ވެފައިވާ ކަމަށް ރިޕޯޓްކޮސްފައެއް ނުވެ އެވެ.