ސިއްހަތު

ފަޅޯގަހާއި ފަތުގައި އެތައް ފައިދާއެއް

ފަޅޯ ގަހަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ވަރަށް ފަސޭހައިން ހެއްދޭ ގަހެކެވެ. އާންމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ރަށަކުން ފަޅޯ ލިބެން ހުންނައިރު ގިނަ މީހުން ބޭނުން ކުރަނީ އޭގައި އަޅާ މޭމަ އެވެ. އެކަމަކު ފަޅޯ ގަހުގެ ބޭނުން އެކި ގޮތްގޮތައް ދުނިޔޭގައި ކުރެ އެވެ.

ފަޅޮލަކީ ހަމައެކަނި މޭވާގެ ބެނުމުގައި ހައްދާ ގަހެއް ނޫނެވެ. ފަޅޯ ފަތުގެ ބޭނުން އެކި ގޮތައް އަދި ގިނަ ބަލި ތަކަށް ފަރުވާއެއް ކަމަށް ސައިންސް ވެރިން ހޯދި ހޯދުންތަކުން ވަނީ އެނގިފަ އެވެ. އެގޮތުން ހަކުރު ބައްޔާއި ލޭ މައްޗައް ދިއުމާއި ހަޖަމް ކުރުމުގެ ނިޒާމަށް ޖެހޭ ބަލިތަކާއި ލިވާ، އަދި ކެންސަރު ބައްޔައް ފަރުވާއެއް ވާކަން ބައެއް ހޯދުންތަކުން ދައްކަ އެވެ.

މީގެ އިތުރުން މޫނުމަތީގެ ރީތިކަން ގެއްލުވާލާ ބިހިތަކާއި ބޮލުން އިސްތަށި ފޭބުމާއި އިސްތަށިގަނޑު އަވަހަށް ދިގުކޮށް ވަރުގަދަ ކޮށްދޭ މައްދާއެއް ވެސް ފަޅޯ ފަތުގައި އެކުލެވިގެން ވެއެވެ.

ޑެންގޫ ހުންޖެހިފައިވާ މީހުން ފަޅޯ ފަތުގެ ދިޔަ ނަގައި ކޮންމެ ދުވަހަކުވެސް 25 އެމްއެލްގެ ފަޅޯފަތު ދިޔަ ފެންތައްޓަކަށް އަޅައިން ބުއިމުން ހަށިގަނޑުތެރޭ ހުންނަ ގަނޑު ލޭ ދައުރު ކުރުމަށް އެހީއަކަށް ވެއެވެ. ހަރުކު ބަލީގެ މީހުންނާއި ލޭގެ ޕްރެޝަރު މައްޗައް ދާމީހުން ވެސް މި ފަތުގެ ދިޔަ ދުވާލަކު އެއްފަހަރު ބޭނުން ކުރުމުން ކާންޖެހޭ ޑޮކްޓަރީ ބޭހުގެ މިންވަރު ދައްކޮށް ދެއެވެ. ހަކުރުބަލީގެ މީހުންނަށް ވެސް ހަމަ މިގޮތަށް އަމަލު ކުރުމުން ވަކި މިންވަރަކަށް ހަށިގަޑުގައި ހަކުރު ބެލެންސް ކުރުވައި ދެއެވެ.

މޫނުމަތީ އާންމުކޮށް ބިހިނަގާ މީހުން ފަޅޯ ފަތް ފުޑައިން ފޭސް ޕެކްއެއްގެ ގޮތައް ހަފުތާޔަކު ތިނެއް ނޫނީ ދެ ފަހަރު ބޭނުން ކުރެވިދާނެ އެވެ. ބޮލުގައި ހަނފޮޅި އިސްތަށި ފައިބާ ނަމަވެސް އެކަމަށް ހައްލު ހޯދައިދިނުމުގައި ފަޅޯފަތް ބޭނުން ކުރުން ރަނގަޅު ކަމަށް ދިރާސާތައް ކުރާ މާހިރުން ވިދާޅުވެ އެވެ.

ފަޅޯފަތުގައި ހަޖަމް ކުރުމުގެ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރި ކޮށްދޭ މާއްދާއެއް އެކުލެވިފައި ވެއެވެ. މިހާ ގިނަފައިދާ އެކުލެވޭ އަދި ފަސޭހައިން ހައްދާލެވޭ ގަހެއް ކޮންމެ ގެއެއްގައި ވެސް ހުރުން ވަރަށް މުހިންމެވެ.