ކާނާ

އެލިގޭޓާ ޕިއާސް ކާ ހިއްވޭތަ؟

0%
0%
0%

އެވަކާޑޯ މިއީ ގަދަ ފެހި ކުލައިގެ، އަދި އެތެރޭގައި ހަރު އޮށެއް އޮންނަ ކުޑަ ހަރުކަމެއް އޭގެ ތޮށިގަނޑުގަ ހުންނަ މީރު މޭވާ އެކެވެ. މި މޭވާއަށް ކިޔާ އެހެން ދެ ނަމެއް ވެއެވެ. އެއީ އެލިގޭޓާ ޕިއާސް ނޫނީ ބަޓާ ފުރުޓެވެ.

ބަޓާ ފުރުޓްއަކީ އެކި ގޮތްގޮތައް ދުވަހުގެ ކެއުމުގެ ތެރޭން ފެނިގެންދާ މޭވާ އެކެވެ. މި މޭވާ ބޭނުން ކޮށްގެން ސްމޫތީސް، ސެލެޑް، ބުރައުނީސް، އަދި އެކި ކަހަލަ ޓާކޯސް އަދި ވްރެޕާސްގެ ތެރެއަށް ލާ އޮޅައިލައިގެން އެވަރެއް ނޯވެއެވެ. އެހެންވީމަ ކުރު ގޮތަކަށް ބުނެވޭނީ މީ ސުޕަ ފުރުޓެކެވެ.

މި މޭވާގައި ކެލޮރީސް ވަރަށް ގިނައެވެ. 50 ގްރާމް ނޫނީ 1.7 އައުންސް ހުންނަނަމަ ކޮންމެ އައުންސެއްގައި 50 ކެލޮރީސް އެކުލެވިގެންވާކަން ސައިންސްވެރިންގެ ދިރާސާތަކުން ދައްކައެވެ. ނަމަވެސް ބިރު ގަންނާނެ ކަމެއް ނެތެވެ. މީ ހަށިގަނޑުތެރޭގައި އުޅޭ ބަސްނާހާ ފެޓްސްތައް ނައްތާލުމުގައި އެހީ ވެދޭ ބަސް އަހާ ފެޓްސް ހުންނަ މޭވާއެކެވެ. އެހެންވީމަ މި މޭވާ ގިނައިން ކެވުނަސް އެކަމާ ހާސްވެ ކަންބޮޑުވާކަށް ނުޖެހޭނެ އެވެ.

ދިވެހިންނަށް ބޮޑަށް މޭވާ އިނގޭނީ އެވަކާޑޯއޭ ބުނީމަ އެވެ. މީގައި 20 ވައްތަރެއްގެ ވިޓަމިންސް ހިމެނެއެވެ. އެހެންވީމަ 100 ގްރާމް އެވަކާޑޯ ގައި 485 މިލިގްރާމް ޕޮޓޭސިއަމް، 81 މިލިގްރާމް ފޮލެޓް، 0.257 މިލި ގްރާމް ވިޓަމިން ބީ6 ، 10 މިލިގްރާމް ވިޓަމިން ސީ، 2.07 މިލިގްރާމް ވިޓަމިން އީ ބޭނުން ކުރެވޭނެ އެވެ.

އެވަކާޑޯ އަކީ ހަކުރު މަދު އޭގަ ފައިބާރ އެކުލެވޭ އަދި އެ މޭވާ ކެއުމުން ގިނަ އިރުތަކެއް ވަންދެން ބަޑު ފުރާލައިދޭ މޭވާއެކެވެ. ދިރާސާ އަކުން ދެއްކި ގޮތުގައި މެންދުރުގެ ކެއުމުގައި އެވަކާޑޯ ބޭނުން ކުރި މީހުން އިތުރު ކެއުމެއް ކާން ބޭނުން ނުވާކަން ފާހަގަފެވައި ވެއެވެ. ނަމަވެސް މި މޭވާ މެންދުރު ކެއުމުގައި ބޭނުން ނުކުރާ މީހުން އެހެން ކޫސަނި ކާއެއްޗެއް މެންދުރުގެ ކެއުމުގެ ފަހުން ހޭދަވާ ތިން ގަޑިއިރުތެރޭގައި ކާން ބޭނުންވާކަން އެ ދިރާސާގައި ދެއްކި އެވެ.

އެވަކާޑޯ އަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނުވާ މީހަ ތާޒާ ކޮށްލައިދޭ އެހީތެރި އެކެވެ. އަދި އެވަކާޑޯ އިން ލިބޭ ރަނގަޅު ފެޓްސްގެ ސަބަބުން ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް އެހީތެރި ވެދެއެވެ. މީގެއިތުރުން ޑިޕްރެޝަސް ހުންނަ މިހުންނަށް އެ ބަލިން ސަލާމަތް ވުމުގެ މާއްދާއެއް ކަމަށްވާ ހޮމޯސިސްޓެއިން ކިޔާ މައްދާއެއް ސިކުނޑިއަށް ވަސިލްވުމުން ރައްކާތެރި ކޮށްދޭ ކަމަށް ސައިންސް ވެރިންގެ ހޯދުންތަކުން ފެނިފައި ވެއެވެ. އަދި ނާރުގެ ބަލިތަކަށް ޝިފާއެއް އެވަކާޑޯގައި ހިމެނޭކަން ވެސް ވަނީ ހޯދިފަ އެވެ.

މާބަނޑު ދުވަސްވަރު މި މޭވާގެ މަދުވެގެން 400 މައިކްރޯ ގްރާމް ދުވާލެއްގެ މައްޗަށް ބޭނުން ކުރުމުން ހެދި ބޮޑުވަމުން އަންނަ ކުއްޖާގެ ސިކުނޑިއާއި ކަށިތައް ވަރުގަދަ ކޮށްދޭ ކަމަށް ވެސް އެކި ދިރާސާތަކުން ފެނެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910