އޭސިއަން ޑިވެލޮޕްމެންޓް ބޭންކް

އޭޝިއާއިން މި އަހަރު އެންމެ ކުރިއަރާނެ އިގްތިސޯދަކީ ރާއްޖެ: އޭޑީބީ

Apr 11, 2022
2

އޭޝިއާ ސަރަހައްދުން މި އަހަރު އެންމެ ހަލުއިކޮށް ކުރިއަރާނެ ގައުމަކަށް ރާއްޖެ ވާނެ ކަމަށް، އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ބުނެފި އެވެ.

އަހަރަކު އެއް ފަހަރު އޭޑީބީގެ އޭޝިއަން ޑިވަލޮޕްމަންޓް އައުޓްލުކްސް (އޭޑީއޯ) ރިޕޯޓްގައި ބުނެފައިވާ ގޮތުން އޭޝިއާގެ ތަރައްގީ ވަމުން އަންނަ ގައުމުތަކާއި ޕެސިފިކުގެ ޖަޒީރާ ގައުމުތައް ހިމެނޭ ގޮތަށް އެންމެ ކުރި އަރާނެ ކަމަށް މި އަހަރު ބެލެވެނީ ރާއްޖެ އެވެ.

އެހެން ވާނެ ސަބަބެއްގެ ގޮތުގައި އޭޑީބީއިން ބުނަނީ ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވަމުން ދިއުމުން އިގްތިސޯދީ ދުވެލި ބާރުވުމެވެ.

އޭޝިއާ އާއި ޕެސިފިކްގެ 46 ގައުމު ހިމަނައިގެން ނެރުނު މި ރިޕޯޓުގައިވާ ގޮތުން މި އަހަރު ޓޫރިޒަމް ރަނގަޅުވީ ނަމަވެސް ރަޝިއާއިން ޔޫކްރޭންގައި ކުރަމުން ގެންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދަށްވާނެ އެވެ. ޓޫރިޒަމަށް ހީނަރު ކަމެއް އައި ނަމަވެސް މި އަހަރު ރާއްޖޭގެ އިގްތިސޯދު ރަނގަޅުވުމުގެ ސަބަބެއްގެ ގޮތުގައި އޭޑީބީއިން ލަފާ ކުރަނީ މި އަހަރު ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތް ކުރިއެރުމެވެ. އެފަދަ އެއް މަޝްރޫއަކީ މިހާރު ފަށާފައިވާ ތިލަމާލެ ބްރިޖުގެ މަޝްރޫއެވެ.