މައިތްރިޕާލާ ސިރިސޭނާ

ރައީސް ސިރިސޭނާ އަވަހާރަކޮށްލަން އުޅުނު މީހާއަށް ސިރިސޭނާ މާފުދެއްވައިފި

ސްރީލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އަވަހާރަކޮށްލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި މީގެ 10 އަހަރު ކުރިން ޖަލަށްލާފައިވާ މީހަކަށް ސިރިސޭނާ މާފު ދީފި އެވެ.

ތަމަޅަ ޓައިގަރުންގެ ޖަމާއަތަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ސިރިވަރާޖަ ޖެނިވަންއަށް މާފުދީ އޭނާ މިނިވަންކުރީ ސިރިސޭނާ ރައީސް ކަމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރު ފުރުން ފާހަގަ ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޖެނިވަން ހައްޔަރުކުރީ 2005 ވަނަ އަހަރު އެވެ.

ތަމަޅަ ޓައިގަރުންނާއި ލަންކާ ސަރުކާރާއި ދެމެދު ކުރި ހަނގުރާމަ ނިންމާލާފައިވަނީ 2009 ވަނަ އަހަރެވެ. މިހަނގުރާމަ 25 އަހަރުވަންދެން ކުރިއަށް ގެެންގޮސްފައިވާިއރު މިހަނގުރާމަ ހުއްޓާލީ ތަމަޅައިން ބަލިވުމުންނެވެ.

ޖެނިވަންއަށް މާފުދީ މިނިވަން ކުރިއިރު އޭނާގެ ހުކުމުގެ ބޮޑު ބައެއް ވަނީ ތަންފީޒުކޮށްފަ އެވެ.