ރަންކިރު / ގޯލްޑަން މިލްކަށް ރީނދޫ ކިރޭ ވެސް ކިޔައެވެ. ރީނދޫ ކިރަކީ ހަށިގަނޑަށް ފައިދާ ކުރާ އެތައް މާއްދާއެއް އޭގައި އެކުލެވޭ ބުއިމެކެވެ. އާންމުކޮށް ފިނި މޫސުމުގައި އިންޑިޔާ މީހުން އާދަކާދައިގެ މަތިން ރީނދުލުގެ މި ކިރު ގިނައިން ބޮއި އުޅެއެވެ. އެއީ ހަށިގަނޑު ހޫނު ކުރުމަށެވެ. ކިރަކީ އޭގެ ޒާތުގައި ވެސް ނިއުޓްރިޝަން ރައްކާކުރާ ކާރުހާނާ އެކެވެ.
ރީނދޫ ކިރުގައި ސަކިއުމިން ކިޔާ މާއްދާއެއް އެކުލެވިގެން ވާތީ، ގުދުރަތީ ގޮތުން ޖެހޭ ރޯގާއާއި ހުމުގެ ބަލިތަކުން ރައްކާތެރި ކޮށްދެ އެވެ. މި ކިރު ބޭނުން ކުރުމުން ހުމާއި ރޯގާ އަވަހަށް ރަނގަޅުވާކަން ސައިންސްގެ ދިރާސާތަކުން ޔަގީން ކޮށްދެ އެވެ.
ބަނޑުގެ ބަލިތައް ފަދަ ވޭން ހުރި ބަލިތައް ތަހައްމަލުކުރާ މީހުން ކޮންމެ ރެއަކު ނިދަން އޮށޯތުމުގެ ކުރިން ފަހުގެ ބުއިމެއްގެ ގޮތުގައި ރީނދޫ ކިރު ބުއިމުން ހަޖަމްގެ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިކޮށް ދެއެވެ. ހޫނު ފެނުގައި ރީނދޫކިރު އަޅައިން ބުއިމުން ރޭގަނޑު ނިދަން ފަސޭހަވެފައި ގޭހުގެ މައްސަލަތައް ހައްލު ކުރުމުގައި ބަނޑުގެ ނިޒާމުތަކަށް މަގުދައްކައި ދެއެވެ. އަދި ހަށިގަނޑުގެ އެތެރޭގައި ހެދިފައި ހުންނަ ފާރުގަނޑުތައް އަވަހާ ފަސޭހަ ކޮށްލައި ދެއެވެ. މިގެ އިތުރުން ދުޅަ މައިތިރި ކުރަން ވެސް މިއީ ރަނގަޅު ބުއިމެކެވެ.
ރަންކިރަށް ބޭނުންވާ ބަވަތްތައް
- އެއް ޖޯޑު ރޯކިރު
- ސައިސަމްސަލެއްގެ ދެބައިކޮށްފަ އެއްބައި ރީނދޫ
- ސައިސަމްސަލެއްގެ ދެބައިކޮށްފަ އެއްބައި ޖޭގަރީ
- ފޮނިތޮށިކޮޅެއް
ތައްޔާރުކުރާނެގޮތް
ރޯ ކިރު ޖޯޑާއެކު ބައި ސަމްސާ ޖޭގަރީ އަދި ފޮނިތޮށި އަޅައިން މަޑުގިނީގައި ކައްކާށެވެ. ބޮކި އަރަން ފެށުމުން އުދުން ނިންވާލުމަށް ފަހު ރީނދޫ ސަމްސާ އަޅައި ރީނދޫތައް ރަނގަޅަށް ގިރުމުން އަނެއްކާ ވެސް މަޑުގިނީގައި އެކެއް ނޫނީ ދެމިނެޓް ވަންދެން ކައްކާލާށެވެ.
އޭގެ ފަހުން ފުރާނަލައިގެން ބޯލެވިދާނެ އެވެ. ރޭގަނދު ނިދުމުގެ ކުރިން ރީނދޫ ކިރު ބުއިމުން ނިދަން ފަސޭހަ ވެފައި ހަޖަމްގެ ނިޒާމްގެ ބަލިތަކުން ލުއި ކޮށްދެ އެވެ. އަދި ހަށިގަނޑުގެ ތެރޭ ހުންނަ ފާރު ހިއްކުމަށް ވެސް ގޯލްޑަން މިލްކް ރަނގަޅެވެ.