ހަބަރު

ވިލިމާލެ ޑަބްލިއުޑީސީ މެމްބަރުކަމަށް އެމްޑީޕީން ހުޅުވާލައިފި

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލާން ޕާޓީ ތަކުން ހުޅުވާލައިފި އެވެ.

ވިލިމާލެ ދައިރާގެ ޑަބްލިއުޑީސީ ގެ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ސަރުކާރު ހިންގާ މައި ޕާޓީކަމަށްވާ އެމްޑީޕީ، އިދިކޮޅު ޕީޕީއެމް އަދި އެމްއެންޕީ އިން ވަނީ ހުޅުވާލައިފަ އެވެ.

އެމްޑީޕީ އިން އެ ފުރުސަތު ހުޅުވާލައިފައި ވަނީ މިއަދު 4:00 ގެ ކުރިން ހުށަހެޅުމަށެވެ. ޕީޕީއެމް އިން ވެސް އެފުރުސަތު ހުޅުވާލައިފައިވާއިރު، އެމްއެންޕީ އިން ހުޅުވައިލި ފުރުސަތު މިމަހުގެ ނުވަ ވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ.

ވިލިމާލެ ދައިރާގެ ޑަބްލިއުޑީސީ ގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހަށެވެ. ކުރިން ހަމަޖެއްސީ އަންނަ މަހުގެ 14 ވަނަ ދުވަހަށެވެ. އެތާރީހު ބަދަލުކުރީ ކުރިން އިންތިހާބު ބާއްވަން ހަމަޖެއްސި ދުވަހު އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އެދުވަހު އޮންނާތީ އެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުރި އައިމިނަތު އީމާން ނިޔާވުމުގެ ސަބަބުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާރެތި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގަ އެވެ.