ހަބަރު

ނާޒިމް މަގާމުން ވަކިކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން: ރައީސް އޮފީސް

Jan 20, 2015

ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެ މަގާމުން ވަކިކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ ދެންމެ ކުރެއްވި ޓްވީޓެއްގައި ވަނީ ނާޒިމް ވަކި ކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް މުއާޒް ނުދެއްވަ އެވެ.

މުއާޒް އެގޮތަށް ވިދާޅުވިއިރު ފުލުހުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަނީ ނާޒިމް އުޅުއްވާ އެޕާޓްމެންޓް ފާސްކޮށް، އެތަނުން އެއްޗެހިތަކެއް ގެންގޮސްފަ އެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އެގެއިން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ ވަނީ އަޑުފެތުރެން ފަށައިފަ އެވެ. އެކަމާ ގުޅިގެން ނާޒިމް ވެސް އަދި ފުލުހުން ވެސް އެކަމާ ގުޅިގެން އެއްޗެއް ނުބުނެ އެވެ.