ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކަނބަލުން އަނެއްކާވެސް ސިންގަޕޫރަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފި އެވެ.

ރަައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުންގެ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަަށެވެ. އެހެން ކަމުން ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ނުދެއެވެ. އަދި އެނބުރި ވަޑައިގަންނަވާނެ ތާރީހެއްވެސް ވިދާޅެއް ނުވެއެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންފައި މި ވަނީ ތައިރޮއިޑް ބައްޔައް ފަރުވާކުރެއްވުމަށް ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެ ގައުމަށް ވަޑައިގެން ސާޖަރީއެއް ހެއްދެވުމަށަ ފަހު އެވެ. ހޭފުޅުނައްތައިގެން ހެއްދެވި އެ ސާޖަރީ ފަހު އެޑްމިޓްވެ އޮންނަވާ ހަފްތާއެއްހާ ދުވަހަށް ފަރުވާ ހޯއްދެވިއެވެ.