ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވީ މީގެ ތިން ދުވަސް ކުރީންނެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވީ ތައިރޮއިޑް ބައްޔައް ފަރުވާކުރެއްވުމަށް ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެ ގައުމަށް ވަޑައިގެން ސާޖަރީއެއް ހެއްދެވުމަށް ފަހު އެވެ. ހޭފުޅުނައްތައިގެން ހެއްދެވި އެ ސާޖަރީ ފަހު އެޑްމިޓްވެ އޮންނަވާ ހަފްތާއެއްހާ ދުވަހަށް ފަރުވާ ހޯއްދެވިއެވެ.