ދެކުނު ޗައިނާ ކަނޑުގައި އެމެރިކާގެ ހަރަކާތްތައް ހުރީ ޔުކްރޭނަށް ވެފައި އެ އޮތް ގޮތް ޓާއިވާނަށް ވެދާނެ ފަދަ ގޮތަކަށް ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ވިދާޅުވެއްޖެ އެވެ.
ވިއެޓްނާމްގެ ފޮރިން މިނިސްޓަރު ބުއި ތާން ސަންއަށް ފޯނު ކުރައްވައި ވާންގް ޔީ ދެއްކެވި ވާހަކަތަކުގައި ދެކުނު ޗައިނާ ކަނޑުގައި އެމެރިކާގެ ހަރަކާތްތައް ހުރި ގޮތާ މެދު ކަންބޮޑުވުން ވަނީ ފާޅު ކުރައްވާފަ އެވެ.
ހަމަނުޖެހުމެއް ނެތް ތަނެއްގައި މީހުން ރުޅި އަރުވައި، ކެތްމަދު ކުރުވައި އެމެރިކާއިން ހަމަނުޖެހުން އުފައްދަނީ ކޮން ބޭނުމަކުތޯ ވާންގް ޔީ ސުވާލު ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރަހައްދީ މަސްލަހަތު ގެއްލުވާލައި ޔުކްރޭނަށް ދީފައި އެ އޮތް ފަދަ ލަނޑެއް، ޓައިވާނަށް އެމެރިކާ ދީފާނެ ކަމަށެވެ.
ވާންގް ޔީ ވިދާޅުވި ގޮތުގައި ސަރަހައްދު މަސްލަހަތު ވެފައި އޮތް އޮތުން ދެމެހެއްޓުމަކީ ސަރަހައްދު ހިއްސާކުރާ ހުރިހާ ގައުމަކަށް އޮތް ކަމެކެވެ.
ސުލްހަ ގާއިމު ކުރެވިފައި އޮތީ ލައްކަ މަސައްކަތުން ކަމަށް ވިދާޅުވެ ވަޒީރު ވިދާޅުވި ގޮތުގައި އާސިއާންގެ އެކުވެރި ކަމަށް ވެސް އެމެރިކާއާ ހެދި ބުރޫއަރާނެ ކަމަށެވެ. ފިނިހަނގުރާމައިގެ ދުވަސްތަކަށް އެނބުރި ދިއުމަކީ ޗައިނާއަށް ވާނެ ކަމެއް ނޫން ކަމަށާއި އެމެރިކާ އެ އުޅެނީ އަތްނުލައި އައްދޮ ކިޔުއްވަން ކަމަށެވެ.
ވާންގް ޔީ ވިދާޅުވި ގޮތުގައި ޔުކްރޭނަށް ޖެހިފައި އޮތް ހާލަތަކީ ވެސް ބަޔަކު އުފައްދާފައި އޮތް ހާލަތެކެވެ. އެއީ ގުޅިފައި ތިބި ބައެއްގެ ވިސްނުން ނުބައި ކަމުން ހިނގަމުންދާ ހަނގުރާމައެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.
ޓައިވާނަށް ކޮންމެވެސް ދުވަހަކުން ޗައިނާ ހަމަލާ ދޭނެ ކަމަށް ބުނެ ދެކުނު ޗައިނާ ސަރަހައްދުގެ ގައުމުތަކަށް އެމެރިކާ ވިސްނައި ދެނީ ޗައިނާ ބަދުނާމް ކުރަން ކަމަށް ވަޒީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ އެކަމަކު ހަގީގަތެއް ނޫން ކަމަށެވެ.
ވާންގް ޔީ ވިދާޅުވި ގޮތުގައި ޗައިނާއިން ޓައިވާނަށް ހަމަލާ ނުދިން ނަމަވެސް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި އެހެންނިހެން މުއައްސަސާތަކުން ޓާއިވާނަށް އޮފިޝަލުން ފޮނުވުމަކީ ޗައިނާއަށް އޮތް ކަންބޮޑު ވުމެކެވެ.
ސުލްހަ މަގު އިޚުތިޔާރު ކުރަން އެމެރިކާއަށް ދީފައި އޮތް ފުރުސަތުގެ ބޭނުން ނުހިފައި ކަމެެއް ދަމެއް ސަރަހައްދުގައި ގޯސްވުމުން އެއީ ޗައިނާ ކުރި ކަމެއް ކަމަށް ބުނާނެ ކަމެއް ނެތް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.