ކާނާ

ޕެޝަން ފްރުޓް އިސްބަގުލު

ކޮންމެ ރޯދަމަހެއްގައި ބވެސް އެކި ވައްތަރުގެ އާ ބާވަތްތައް އީޖާދު ކޮށްގެން ނެރެ ގިނަ މީހުންނަށް ތައާރަފު ވާނެހެން މީޑިޔާ ޕްލެޓްފޯމްތަކުން ރެސިޕީ ހިއްސާ ކުރެއެވެ. ކޮންމެސް ދުވަހަކުން ޕެޝަންފުރުޓް އިސްބަގުލް ތައްޔާރު ކޮށްލެވިދާނެ އެވެ. ރޯދަވީއްލާ ގަޑީ ސުފުރާ މަތީ ފޮނި ކާ އެއްޗެއް ނެތިއްޔާ ވަރަށް ފަޅުވާނެ އެވެ.

ޕެޝަންފުރުޓް އިސްބަގުލް

  • 1 ޖޯޑު އިސްބަގުލް
  • 4 އާދައިގެ ޕެޝަސްފުރުޓް
  • 1 ޖޯޑު ކާށި ކިރު
  • 2 ޖޯޑު ގެރިކިރު
  • 4 އިންޗި ހުންނަހާ ރާނބާފަތް
  • 1 ½ ޖޯޑު ހަކުރު

ތައްޔާރު ކުރާނެ ގޮތް

އިސްބަގުލް އަދި ރާނބާފަތް ތެއްޔަކަށް އެޅުމަށް ފަހު ފެން އަޅާނީ އިސްބަގުލްތައް ފޮރުވޭ ވަރަށެވެ. އެއަށްފަހު މެދު ގިނީގައި ކައްކާނީ އިސްބަގުލްތަކުގައި ލޯ ލަންދެން (އިސްބަގުލްތައް ރަނގަޅަށް އެކީ ސާފުވަން ދެން. ސާފުވުމުން އެތެރެ ރީތކޮށް ފެންނާނެ) . ރަނގަޅަށް ލޯ ލުމުން ފުރޭންޏަކަށް އެޅުމަށް ފަހު ހިހޫ ފެން އަޅަމުން ފުރާނާލާނީ އެވެ. ފުރޭނިން ނަގާ ބޯތައްޓަކަށް އަޅައި ކުޑަކޮށް ހިހޫ ކޮށްލަން ބަހައްޓާށެވެ.

ހަކުރު ތެއްޔަކަށް އެޅުމަށް ފަހު މަޑުގިނީގައި ކައްކާލާށެވެ. ހަކުރު ކޮޅު ވިރުމުން އޭގެ ތެރެއަށް އިސްބަގުލްކޮޅު އެޅުމަށް ފަހު ރަނގަޅަށް އެއްކުރަމުން ކައްކާލާށެވެ. ކައްކާ ވަގުތު ކައްކަންވާނީ އިސްބަގުލްކޮޅު ހަލުވަމުންނެވެ. އެހެން ނޫނީ ފުލުގައި ހިފާފާނެ އެވެ. މާބޮޑަށް ގިނި ދަގަ ކުރުމުން ވެސް ފުލުގަ ހިފާނެ އެވެ. ވީމާ މަޑުގިނީގައި ކެއްކުން މުހިންމެވެ. އޭގެފަހުން ގެރިކިރު އަޅަފައި އެއްކުރުމަށް ފަހު ކާށި ކިރުކޮޅު އަޅާ ދެމިނެޓް ވަންދެން ކައްކާލާށެވެ.

ކައްކާ ނިމުމުން އުދުން ނިއްވާލާފައި ރާނބަފަތް ކޮޅު ނަގާށެވެ. އަދި ހިހޫ ކުރަން މަތި ނުޖަހާ ކޮންޓޭނައެއް ކަހަލަ އެއްޗަކަށް އެޅުމަށް ފަހު ފްރިޖްގައި ތިން ގަޑިއިރުވަންދެން ބަހައްޓާށެވެ. ފިނި ނުކޮށް ވެސް ހިހޫ ވުމުން އެހެން ކުޑަތައްޓަކަށް އަޅައިން ޕެޝަންފުރުޓް އިސްބަގުލް މީރު ވާނެ އެވެ.