އިސްލާމިކް މިނިސްޓްރީ

ނަބީހަށް މިނިސްޓަރު ހިތްވަރު ދެއްވައިފި

Apr 17, 2022

އަލްހާފިޒް އަހްމަދު ނަބީހް، ދުބާއީ އިންޓަނޭޝަނަލް ހޯލީ ގުރުއާން މުބާރާތުގައި ވާދަކުރުމަށްފަހު ރާއްޖެ އައުމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ހިތްވަރު ދެއްވައިފި އެވެ.

ރޯދަ މަހުގެ 1-14 އަށް ދުބާއީގައި ކުރިއަށް ދިޔަ މުބާރާތުގައި ބައިވެރިވުމަށްފަހު ނަބީހް ރާއްޖެ އައީ ހޮނިހިރު ދުވަހު އެވެ.

އިސްލާމިކް މިނިސްޓަރާއި އެ މިނިސްޓްރީގެ އިސްވެރިން ނަބީހާ ބައްދަލުކުރައްވާ ހިތްވަރު ދެއްވީ ނަބީހް ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގަ އެވެ.

މިބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ދުބާއީ މުބާރާތުގައި ބައިވެރިވެ ފަހު ބުރުގައި ނަބީހް ކިޔެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް އަދި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިފަދަ އިތުރު މުބާރާތްތަކުގައި ބައިވެރިވުމަށް ހިތްވަރު ދެއްވި އެވެ.

ނަބީހްގެ މަންމަ ބުނީ ދުބާއީގައި ނަބީހް ހުރި ދުވަސްވަރު ރައީސުލްޖުމްހޫރިއްޔާ އާއި ނައިބް ރައީސް އަދި އިސްލާމިކް މިނިސްޓަރާއި އެ މިނިސްޓްރީގެ އިސްވެރިން ވަރަށް ގާތުން ނަބީހްގެ ކަންކަން ބެއްލެވި ކަމަށެވެ. އަދި ނަބީހް ރާއްޖެ އައުމުން އިސްލާމިކް މިނިސްޓަރު މަރުހަބާ ދެންނެވީތީ ވެސް ޝުކުރު އަދާކުރެއްވި އެވެ.